ads
ޝުޝްމީތާ
މިސް ޔުނިވާސްގައި ޝުޝްމީތާ އެވޯރޑް ލިބޭނެ ކަމަށް އުއްމީދު ނުކުރި ސަބަބު އިނގޭތަ؟
މަސްޙޫރު ބޮލީވުޑްގެ ތަރި ޝުޝްމީތާ ސެން މިސް ޔުނިވާސް އެވޯޑް ލިބޭނެ ކަމަށް އުއްމީދު ނުކުރި ސަބަބު އޭނާ ހާމަ ކޮށްފި އެވެ.

މި ފަހުން ދިން އިންޓަވިއު އެއްގައި އޭނާ ބުނި ގޮތުގައި ފައިނަލް ރައުންޑްގައި އޭނާއަށް ކުރި ސުވާލު ފަހުމުނުވެ އޭނާއަށް ޖަވާބު ދެވުނީ ބޭއިހްތިޔާރުގައި ކަމަށެވެ. ސުވާލު ފަހުމުނުވި ސަބަބެއް ކަމަށް އޭނާ ބުނެފައި ވަނީ އޭރު އިނގިރޭސި މާބޮޑަށް އޭނާ އަށް ނޭނގުން ކަމަށެވެ. 

ޝުޝްމީތާ ތައުލީމް ހާސިލް ކުރި ސުކޫލަކީ އެދުވަސްވަރުގެ ގޮތުން އިނގިރޭސި އޭނާއަށް މާބޮޑަށް އޭރު ނޭނގޭ ކަމަށް އޭނާ ވަނީ ހާމަ ކޮށްފައެވެ. އަދި އެކަމާ ކުރިން ލަދުގަތަސް ފަހުން އެކަން އެހާބޮޑު މައްސަލައެއް ކަމަށް ނުދެކޭކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

1994 ވަނަ އަހަރުގައި އިންޑިއާއަށް ފުރަތަމަ ފަހަރަށް ރީތީގެ ރާނީގެ އެވޯޑް ހާސިލް ކޮށްދިން ޝުޝްމީތާ މިފަހުން ދިން އިންޓަވިއުއެއްގައި އޭނާގެ ހަޔާތުން ކަމެއް ބަދަލު ކުރަން ބޭނުންނަމަ ކުރާނީ ކޮންކަމެއްތޯ ސުވާލުކުރުމުން ޝުޝްމީތާ ބުނެފައި ވަނީ ރީތީގެ ރާނީގެ އެވޯޑްގައި އޭނާ އަށް ކުރި ސުވާލަށް އެއަށް ވުރެން ވެސް ފުރިހަމައަށް ޖަވާބު ދޭން ބޭނުންވާ ކަމަށެވެ. 

އުމުރުން 18 އަހަރުގައި ރީތީގެ ރާނީގެ އެވޯޑް ހާސިލް ކުރި ޝުޝްމީތާ ބޮލީވުޑްއިން ކުޑަ ބްރޭކެއް ނެގިނަމަވެސް ވަރަށް އަވަހަށް ސިނަމާތަކުގެ ސްކްރީންއިން އޭނާ ފެންނާނެ ކަމަށް ވެސް އޭނާ ވަނީ ހާމާ ކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް