ads
އިލެކްޝަންސް ކޮމިޝަން ގެ މެމްބަރު ހަސަން ޒަކަރިއްޔާ
ޒުވާނުން ވޯޓުލާން ޝައުގުވެރިކަން ކުޑަ ވާ ސަބަބު ހޯދާ ދެެނެގަންނަންޖެހޭ: އީސީ
ރާއްޖޭގައި ޒުވާނުން ވޯޓުލާ މިންވަރު މަދުވާ ސަބަބު ދެނެގަންނަން ޖެހޭ ކަމަށް އިލެކްޝަން ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެ އެވެ.

ހަސަން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލަށް ވޯޓުލުމުގެ ހައްގު ލިބި 18 އަހަރު ފުރިފައިވާ ގިނަ ޒުވާނުންނަކީ ވޯޓުލުމަށް ޝައުގު ނުހުންނަ ފަރާތްތައް ކަަމަށާއި މި މައްސަލައަށް ގައުމީ ފެންވަރުގައި ހައްލުކުރަން ޖޭހޭކަމަށެވެ.

އެގޮތުން ފާއިތުވި މަޖިލިސް އިންތިހާބުތަކަށް ބަލާއިރު މި މަހުގެ 21 ވަަނަ ދުވަހު ބޭއް ވި މަޖިލިސް އިންތިހާބުގައި ވޯޓުލީމީހުންގެ މިންވަރު މަދުކަމަށް ފާހަގަކޮށް ހަސަން ވަނީ އެފަދައިން މެދުވެރިވާން ގިނަ ސަބަބުތަކެއް ހުރިކަމަށް ވިދާޅުވެފަ އެވެ. 

ކޮންމެ އިންތިހާބަަކަށް ވޯޓުލާ މީހުންގެ އަދަދު އިތުރުވާނަަަމަވެސް މިފަހުން އައިސް ވޯޓުލާ މީހުންގެ ނިސްބަތް މަދުވަމުންދާ ކަމަކީ ކަންބޮޑުވާންވީ ސަބަބެއްކަމަށް އިލެކްޝަންސް ގެ މެމްބަރު ހަސަން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ހަސަން ވަނީ ޒުވާނުން ވޯޓު ނުލާ ސަބަބުތައް ދެނެގަތުމުގެ ގޮތުން އިލްމީ ދިރާސާއެއް ކުރުމުގެ މުހިއްމުކަން ފާހަގަކޮށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުންވެސް ޒުވާނުން ވޯޓުލާން ޝައުގުވެރިކުރެވޭނެ ފަދަ ކަކަން ހޯދުމުގެ މަސައްކަތް ކުރަން ޖެހޭނެކަމަށް ވިދާޅުވެފަ އެވެ.

ހަސަން އިތުރަށް ވިދާޅުވީ ޒުވާނުންގެ ތެރެއިން 18 އަހަރު ފުރިގެން ވޯޓު ލާން ގިނަ ފަރާތްތަކެއް ޝައުގުވެރިނުވުމަކީ މުސްތަގުބަލަށްބަލާއިރު ގޯސް ފާލެއް ކަމަށާއި އެކަމަށް ޤައުމީ ފެންވަރުގައި އަވަސް ހައްލެއް ބޭނުންވާކަަމަށެވެ.

މިފަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބަކީ މިހާތަަނަށް ބޭއްވި ހުރިހާ ބޭއްވި މަޖިލިސް އިންތިހާބުތަކުގެ ތެރެއިން ވޯޓުލީމީހުންގެ ނިސްބަތް އެންމެ މަދު އިންތިހާބުކަމަށްވާއިރު މި އިންތިހާބުގައި ވޯޓުލާފައިވަނީ ވޯޓު ލުމުގެ ހައްގު ލިބައިފައިވާ މީހުންގެ ތެރެއިން އެންމެ 75 އިންސައްތަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް