އެންމެ ފަހަރަކު ސިނގިރެޓެއް ބޯލި ނަމަވެސް އެއީ ހަށިގަނޑު ގިނަ ސެލްތަކަށް ގެއްލުން ދޭ ފްރީ ރެޑިކަލްތަކަށް ހަށިގަނޑު ހުށަހެޅިގެންދާ ކަމެކެވެ. ދިގު މުއްދަތަކަށް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެތައް ބާވަތެއްގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެދާނެ ކަމެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ކޮރޮނަރީ ހާޓް ޑިޒީޒް އާ ސީދާ ގުޅުމެއް ވެއެވެ. މި ހުރިހާ ނޭދެވޭ އަސަރުތައް ދެނެތިބި ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ އަނގައިން ބުނެލަން ފަސޭހަ ނަމަވެސް އެކަމުން ދުރުހެލިވާން ނުހަނު އުނދަގޫ ދެވިހިފައިފައިވާ ކަމެކެވެ. ވިތްޑްރޯވަލް އަލާމާތްތަކުގެ ސަބަބުން އެފަދަ އެދުންތަކަށް ދެކޮޅު ހެދުމާއި، ދުރުހެލިވުން ފަދަ ކަންކަން ކުރެވިދާނެ އެވެ.
ސީޑީސީން ބުނާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އުނދަގޫވާ ދެ ސަބަބެއް ވެއެވެ. އެއީ ތިބާގެ ސިކުނޑިއަށް ނިކޮޓީން އާއި ނުލައި އުޅެން ޖެހޭކަން އާދަ ކުރުވުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން އެއްގޮތަކަށް ވެސް ނުހިމެނޭހެން ދިރިއުޅުމުގެ ކަންތައްތައް ބަދަލުކޮށް އާދައަކަށް ހެދުމެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ކަސްރަތު ކުރުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް އެދޭ މިންވަރު ކުޑަކުރެވިދާނެ ކަމެކެެވެ. ކަސްރަތު ކުރުމުގެ ތެރޭގައާއި ކަސްރަތު ކުރުމަށް ފަހު 50 މިނެޓު ވަންދެން ސިނގިރޭޓް ބޯހިތް ވުން ކުޑަކޮށްދެއެވެ. ކޮންމެ އާދަ އަކީ ވެސް އެ އާދައެއް އެއް ފަހަރު ނަމަވެސް ކުރުން ހުއްޓާލުމާއެކު ދިރިއުޅުމުން އެ އާދަ ފިލުވާލަން ފަސޭހަވެގެން ދާނެ ކަމެކެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ކުރުން އެންމެ ރަނގަޅީ ކޮން ކަސްރަތުތަކެއްތޯ ނޭނގޭ ނަމަ، ތިރީގައި މިވަނީ ބައެއް ޓިޕްސްތަކެވެ. ފިޓްއާ ޝެއާސްގެ ޕްރިމިއަމް ކޯޗު، ނިއުޓްރިޝަން އެންޑް ފިޓްނަސް އެކްސްޕާޓެއް ކަމަށްވާ ޕްރަތީކް ލަމެޗްވާލް، ހިއްސާކޮށްފައިވާ ބައެއް ކަސްރަތުތައް ހިމަނާލާނަމެވެ.
ގަވާއިދުން ކަސްރަތު ކުރަން ފަށައިގެން ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވެވިދާނެ އެވެ. ކޮންމެ ކަމެއްގައި ވެސް ރަނގަޅު ޕްލޭނެއް އޮތުމަކީ އެކަމެއް ކުރިއެރުވުމަށް އަބަދުވެސް އެހީތެރިވެދޭ ކަމެކެވެ. ރަނގަޅަށް ޕްލޭނެއް ގެންގުޅެވޭ ކަން ކަށަވަރު ކުރުމަށްޓަކައި ރެސިސްޓެންޓް ޓްރެއިނިން (ކޮންމެވެސް ކަހަލަ ވެއިޓްލިފްޓިން) އެއް އަދި ކާޑިއޯ އަށް ފޯކަސް ކުރާށެވެ.