ads
މެންބަރު އިބްރާހިމް ޝަރީފް. ފައިލްފޮޓޯ
ޝަރީފްގެ ރައްދު: ބުލީކޮށް, ވަގަށް ގޮވައިގެން ވާނެ މޮޅެއް ނޯންނާނެ
ބުލީކޮށް, ވަގަށް ގޮވައިގެން ވާނެ މޮޅެއް ނޯންނާނެކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ރައީސް މުހައްމަދު ނަޝީދު ފެކްޝަނުގެ ބޭފުޅުންނަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑުގެ ދަތި ހާލަތުގައި ވެސް ގައުމުގެ އިގުތިސާދު ފުން ވަޅުގަނޑަކަށް ވެއްޓިޔަނުދީ ހިފެހެއްޓުމަށް ގަދައަޅައި މަސައްކަތް ކުރެއްވި އެއް މިނިސްޓަރަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކަމަށެވެ. ފައްޔާޒަށް ތާއީދު ކުރަން ނިންމެވީ އެ ސަބަބަށްޓަކައިކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ވަކި ގޮތަކަށް ވަކި މީހަކަށް ތާއީދުނުކޮށްފިއްޔާ އެއީ ކޮރަޕްޓް މީހެއް ނުވަތަ ބޮޑު ވަގެއް ކަމަށް ބުނަމުންދާ ކަމަށެވެ. ނަމަވެސް ތާއަބަދު ބުލީކޮށްގެން ކާމިޔާބުވާނެކަމަށް ހީކުރުމަކީ މޮޔަކަމެއްކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ތިމާ ނޭދޭ ގޮތަކަށް ބަހެއް ބުނާ ކޮންމެ މީހަކީ ވަގެއްކަމަށް ހަދާ, މީހުންގެ އަބުރު ކަތިލައިގެން ތާ އަބަދު މޮޅެއްނުވާނެ- ޝަރީފް

ޝަރީފް ވިދާޅުވީ ބަޔަކު ވަގަށް ގޮވިޔަސް, ބުލީ ކުރިޔަސް ފަހަތަށްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

ޝަރީފް މިހެން ވިދާޅުވިއިރު, އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބާއްވާނެ ތާރީހަކާ މެދު ހިޔާލު ތަފާތުވެފައިވާތީ އިންތިހާބު ބާއްވާނެ ތާރީހެެއް ކަނޑައެޅުމަށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި, ރައީސް މުހައްމަދު ނަޝީދު ފެކްޝަނުގެ ބޭފުޅުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ބަދަލުކުރެވިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް