ads
ދެވަނަ ފިޔަވަހީގައި ރޯވެ އަދަމުންދަނީ
ދެވަނަ ފިޔަވަހީގައި އަލިފާނުގެ ހާދިސާއެެއް ހިނގައިގެން ގަދައަށް އަދަމުންދަނީ
ދެވަނަ ފިޔަވަހީގައި އަލިފާނުގެ ހާދިސާއެއް ހިނގަައިގެން އެމްއެންޑީއެފުގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވާން ފަށައިފި އެވެ

އެ ސަރަހައްްދުގައި ހުރި މީހަކު “ސީއެންއެމް”އަށް މައުލޫމާތު ދިން ގޮތުގައި ރޯވެ އަދަމުންދަނީ ދެވަނަ ފިޔަވަހީގެ ނިރޮޅިމަގު ބޭރުން އޮންނަ ކޮޓްރަކްޓަރުން ތިބި ސައިޓުގެ ވެސް ތަންކޮޅެއް ދުރުންނެވެ. 

ނަމަވެސް ގަދައަށް ރޯވެ އަދަމުންދާތީ ދުމުގެ އަސަރު  ހިޔާ ޓަވަރުތަކުގެ ތެރެއިން ބައެއް ޓަވަރުތަކާއި ހަމަޔަށް ދަނީ ފޯރަމުން ކަމަށް އޭނާ ބުންޏެވެ. 

އެ ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށްޓަކައި ފަޔާ ފައިޓަރުން ހަރަކާތްތެރިވާކަމަށްވެސް އޭނާ ބުންޏެވެ. 

އަލިފާން ރޯވެފައިވާ ސީދާ ސަބަބެއް އަދި ސާފެެއް ނުވެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް