ads
އިންތިހާބެއްގައި ވޯޓުލުން ކުރިއަށް ދަނީ - ފޮޓޯ:އީސީ
6 ބައި-އިލެކްޝަނެއްގެ ވޯޓުލުން ފަށައިފި
މ. މަޑުއްވަރީ ކައުންސިލްގެ ރައީސާއި 3 ކައުންސިލެއްގެ މެންބަރާއި 2 ކައުންސިލެއްގެ އަންހެން މެންބަރު އިންތިހާބުކުރުމަށް ބާއްވާ 6 ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

މިއަދު ކުރިއަށްދަނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުމެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ހެނދުނު 08:00 އިން ހަވީރު 04:00 އަށް ކުރިއަށްދާނެ ކަމަށެވެ.

މި 6 ބައި-އިލެކްޝަނަށް މާލޭގައި ތިން ވޯޓު ފޮށްޓެއް ބަހައްޓާފައިވެ އެވެ. 3 ވޯޓު ފޮށިވެސް ބަހައްޓާފައިވަނީ ދަރުބާރުގޭގަ އެވެ. މީގެއިތުރުން މ. މަޑުއްވަރި، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ، ހއ. ތަކަންދޫ އަދި ރ. އިންނަމާދޫ ގައިވެސް ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.

މި ބައި-އިލެކްޝަންތަކުގައި 5،267 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް