ads
ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ހާއްސަ ސްކޮލަޝިޕް ފުރުސަތުތަކެއް
ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 15 ސްކޮލަޝިޕް ފުރުސަތު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ 13 ދާއިރާއަކުން ސްޕެޝަލައިޒްވުމުގެ ފުރުސަތު ހުޅުވާލައި, އެ ސްކޮލަޝިޕްގެ ދަށުން ކިޔެވޭނެ 21 ގައުމެއް ކަނޑައަޅައިފައެވެ.

އެ ގޮތުން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ވަނީ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާފައެވެ.

މި ސްކޮލަރޝިޕްތަކުގައި ޑޮކްޓަރުން ވަޒީފާ އަދާކުރަންޖެހޭނީ ހުޅުމާލޭ ހޮސްޕިޓަލާއި، ހަ ރީޖަނަލް ހޮސްޕިޓަލަކުން އެދިފައިވާ ދާއިރާތަކާއި ލެވެލްތަކަށެވެ. 

ޑޮކްޓަރުން ވަޒީފާ އަދާކުރަންޖެ 6 ރީޖަނަލް ހޮސްޕިޓަލް

  1. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
  2. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
  3. ލ.ގަން ރީޖަނަލް ހޮސްޕިޓަލް
  4. ޑރ.އަބްދުސަމަދް މެމޯރިއަލް ހޮސްޕިޓަލް
  5. ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
  6. މ.މުލީ ރީޖަނަލް ހޮސްޕިޓަލް

މި ސްކޮލަޝިޕްތަކުގައި ކިޔެވުމަށް ހިނގާ ހަރަދުތައް ހަމަޖައްސާނީ ސަރުކާރުންނެވެ. އެ ގޮތުން ދެ ކޮޅު ޓިކެޓް, ބުކް އެލަވަންސް, ކޯސް ފީ, ސްޓައިޕެންޑް, އެސްޓަބްލިޝްމަންޓް އެލަވަންސް, ޑިޕާޗާ އެލަވަންސް, އިންޝުއަރެންސް އަދި ވިސާ ހަރަދު ހިމެނެއެވެ.

ސްކޮލަޝިޕްތައް ތައާރަފް ކުރައްވައި މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއް ދެއްވާކަމަކީ މީހުން ބިނާކުރުމަށް ކަމަށެވެ. އަދި ލާމަރުކަޒީ އުސޫލު ކާމިޔާބު ކުރެވޭނީ އަތޮޅުތެރޭގައި ހިދުމަތް ފޯރުކޮށްދޭނެ ފަންނީ ތައުލީމީ ދިވެހިން  އުފެއްދިގެން ކަމަށާއި, އެސްކޮލަޝިޕްތައް އުފެއްދެވި މައިގަނޑު ވިސްނުންފުޅަކީ އެއީ ކަމަށެވެ. 

އަދި އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ސްޕެޝަލިސްޓުން ތަމްރީނު ކުރައްވަން ނިންމެވީ އެ ޑޮކްޓަރުންގެ ހިދުމަތް އެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ލިބެން ހުރުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމުގައި ސަރުކާރަށް ގަބޫލު ކުރެއްވޭތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް