ads
ތުރުކީގައި ކުރިޔަށްދާ މަޖިލިސް ކޮންފަރެންސެއްގައި ޕީއެންސީ މެމްބަރުން އިބްރާހިމް މުހައްމަދާއި އަބްދުﷲ ރިފާއު
ތުރުކީ އޮތް މަޖިލިސް ކޮންފަރެންސެއްގައި އަލަށް ހޮވުނު ޕީއެންސީ މެމްބަރުން
ތުރުކީގައި ކުރިޔަށްދާ މަޖިލިސް ކޮންފަރެންސެއްގައި އަންނަ ރައްޔިތުން މަޖިލީހަށް އަލަށް ހޮވިވަޑައިގެންނެވި ޕީއެންސީ މެމްބަރުން ވަޑައިގެންފިއެވެ.

"ލީގް އޮފް ޕާލިމެންޓޭރިއަންސް ފޯ އަލް-ގުދުސްގެ 5 ވަނަ ކޮންފަރެންސް" ކުރިޔަށް ދަނީ ތުރުކީގެ ވެރިރަށް އިސްތަންބޫލްގައެވެ. މި ކޮންފަރެންސް ކުރިޔަށް ދަނީ މިމަހުގެ 26 އިން މާދަމާގެ ނިޔަލަށެވެ. 

މި ކޮންފަރަނެސްގައި ބައިވެރިވެޑައިގެންފައިވާ ބޭފުުންގެ ތެރޭގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ހޮވިވޑައިގެންނެނި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބޭބޭފުޅު އިބްރާހިމް މުހަައްމަދު ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން ހެންވޭރު ދެކުނު ދާއިރާއަށް ހޮވިޑައިގެންނެވި ހުސެއިން އިިމްރާން ލަތީފާއި މާފަންނު ދެކުނު ދާއިރާއަށް ހޮވިވަޑައިގެންނެވި އަބްދުﷲ ރިފާއު ހިމެނިވަޑައިގަންނަވައެވެ.

މި ކަމާ ގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް "ސީއެންއެމް" އަށް ވިދާޅުވީ އެ މެންބަރުން މި ކޮންފަރެންސް ބައިވެރިވެފައި ވަނީ އަމިއްލަ ގޮތުން ކަމަށެވެ. މިފަދަ އިވެންޓެއްގައި ރަސްމީ ހައިސިއްޔަތުން ބައިވެރިވެވޭނީ މެންބަރުކަމުގެ ހުވާކުރެއްވުމަށް ފަހުގައި ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

މި ކޮންޕަރެންސާއި ބެހޭ އެއްވެސް ތަފްސީލެއް ރައްޔިތުން މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.

your imageހެންވޭރޫ ދެކުނު ދާއިރާއަށް ހޮވުނު ހުސެއިން އިިމްރާން ލަތީފާއި މާފަންނު ދެކުނު ދާއިރާއަށް ހޮވުނު އަބްދުﷲ ރިފާއު 

މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ވަނީ 66 ގޮނޑި ލިބިފައެވެ. އޭގެއިތުރުން އަމިއްލަ ގޮތުން ވާދަކޮށް ޕީއެންސީއާ ގުޅުނު 6 މެމްބަރުންނާއި ގާސިމް އިބްރާހިމާއި ކާނަލް މުހައްމަދު ނަޒީމާއި އަހްމަދު ސިޔާމްގެ އިތިރުން  އެމްޑީއޭގެ ޓިކެޓުގައި ވެލިދޫ ދައިރާއަށް އިންތިހާބުވީ މުހައްމަދު އައްބާސް އަކީ ސަރުކާރަށް ތާއީދުކުރާ މެމްބަރުންނެވެ. 

އެ ހުރިހާ މެމްބަރުންނާއި އެކު އަންނަ މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ އަދަދު 77 އެރީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް