ads
ސެލީނާ ގޯމޭޒް
ލޯބިވާ މީހުންގެ ދިފާއުގައި ދެކޮޅުވެރިންނަށް ބަހެއް ބުނަން ޖެހިލުމެއް ނުވޭ: ސެލީނާ
ލޯބިވާ މީހުންގެ ދިފާއުގައި އުނދަގޫކޮށް ދެކޮޅުހަދާ މީހުންނަށް ބަހެއް ބުނަން ޖެހިލުމެއް ނުވާކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް ހާމަކޮށްފި އެވެ.
Advertisement

އެމެރިކާގެ ނިއުޔޯކްގައި ބޭއްވި "ޓައިމްސް 100" ސަމިޓުގައި ވާހަކަދައްކަމުން ސެލީނާ ގޯމޭޒް ވަނީ ސޯޝަލް މީޑިއާއާއި އޭނާގެ ދެމެދު އޮންނަ ގުޅުމާ ގުޅޭގޮތުން ވާހަަކަދައްކައި ފައެވެ.

ޓައިމްސްގެ އެޑިޓަރު ލޫސީ ވަނީ ސޯޝަލް މީޑިއާ އާއި އޭނައާ ދެމެދު އޮންނަ ގުޅުމަކީ ކޮބައިކަމާ މެދު ސެލީނާ އާއި ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެމުން 31 އަހަރުގެ ސެލީނާ ވަނީ ލޯބިވާމީހުންގެ ދިފާއުގައި ވާހަކަ ދައްކަން ބިރުނުގަންނަ ކަމަށް ބުނެފައެވެ.

އެ ސަމިޓްގައި ވާހަކަދައްކަމުން ސެލީނާ އިތުރަށް ބުނީ ސޯޝަލް މީޑިއާ އާއި އިންސްޓަގްރަމް އިން އާ ދުރުގަ ހުރެ ބޮޑު ބްރޭކެއް ނެގުނީތީ އޭނާ ވަރަށް ހިތްހަމަ ޖެހި އުފާކުރާކަމަށެވެ. އަދި ސޯޝަލް މީޑިއާ އާއި ދުރުގައި ހޭދަކުރި 4 އަހަރު އޭނާގެ އިންސްޓަގްރަމްގައި ޕޯސްޓްކޮށް ހެދީ އޭނާގެ ޓީމްކަމަށްވެސް ސެލީނާ ވަނީ ހާމަކޮށްފައެވެ. އަދި ސެލީނާ ބުނީ ސޯޝަލް މީޑިއާއިން ދުރުގައި އުޅެން ލިބުނު ވަގުތުކޮޅަކީ އޭނާގެ އަމިއްލަ ނަފްސައްވެސް ދެވުނު އެންމެ އަގުހުރި ހަދިޔާކަމަށެވެ.

"އަހަރެން އިންސްޓަގްރަމްއިން ދުރުގައި އުޅެން 4 އަހަރުގެ ބްރޭކެއް ނެގިން، އެ ދުވަސްވަރު އަހަރެންގެ އެކައުންޓް ބަލަހައްޓާ އިންސްޓަގްރަމްގައި ޕޯސްޓްކޮށްހެދީ އަހަރެންގެ މެނޭޖިން ޓީމް އިން ، ސޯޝަލް މީޑިއާއިން 4 އަހަރުގެ ބްރޭކެއް ނެގުމަކީ އަހަރެންގެ ނަފްސަށް ދިން އެންމެ އަގުހުރި ހަދިޔާ" ރެއާ ބިއުޓީ ބްރޭންޑް އުފެއްދި ސެލީނާ ހާމަކުރިއެވެ.

ސެލީނާ ބުނީ ސޯޝަލް މީޑިއާއަށް ބަލާލައިފިނަމަ ހިތްގައިމު ހުރިހާ އެއްޗެއް ފެނިގެންދަނީ ސްކީރީނެއް ތެރެއިން ކަމަށެވެ. ނަމަވެސް ހަގީގަތުގައި ހުރިހާ ހިތްގައިމު ކަމެއް ފެނިގެން ދަނީ ބޭރަށް ނިކުމެ އުޅުމުންކަމަށް ސެލީނާ ޓައިމްސްގެ ސަމިޓްގައި ވާހަދައްކަމުން ހިއްސާކުރިއެވެ. 

ސެލީނާ އިތުރަށް ބުނި އޭނާ ސޯޝަލް މީޑިއާގައި ދުރުގައި ހުރުމުން ގާތް މީހުންނަށް ގުޅާ ހާލުއަހުވާލާ ދުވަސް ހިނގައި ދިޔަގޮތް ކިޔާދިނުމުގެ ފުރުސަތު ލިބެނީ މާރަނގަޅު ގޮތަކަށް ކަަމަށެވެ. އިންސްޓްގްރަމްގައި  ދުރުގަ ހުރެ ޕޯސްޓް ނުކޮށް، މީސްމީހުންނަށް ގުޅާލުމުން އެމީހުންގެ ވާހަތައް އަހާލުމަކީ އެންމެ ރަނގަޅު އިހްތިޔާރުކަމަށް ސެލީނާ ހާމކުރިއެވެ. އެއީ އެހެންނޫނަމަ ގިނަ ފަހަަރަށް ހުންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވާހަކައިގެ ދެބައިކުޅަ އެއްބައި އިނގިފައިކަމަށް ހިތާމަޔާއެކު ސެލީނާ ހާމަކުރިއެވެ.

ސެލީނާ އިތުރަށް ބުނީ ބްރޭކްގައި ހުރެފައިވެސް އެއްބައިފަހަރު އޭނާ ސޯޝަލް މީޑިއާ ބޭނުންކުރާކަމަށެވެ. އަދި އެއީ އިންތިހާއަށް އުނގޫކޮށް މެސެޖު ކުރާ މީހުންނަށް ބަހެއް ބުނުމުގެ ގޮތުންނެވެ. އެމީހުންގެ ބަސްތައް ހުންނަން ޖެހޭ މިންގަނޑުތަކުން މައްޗަށް އެރުމުން ލޯބިވާ މީހުން ދިފާއުކުރުމަށް އޭނާއަށް ލާޒިމްވާކަމަށްވެސް ސެލީނާ ހާމަކުރި އެވެ.

ސެލީނާއަކީ ވަރަށް ކާމިޔާބު ލަވަކިޔާ ފަންނާނެއްގެ އިތުރުން ވަރަށް ހުނަރުވެރި އެކްޓަރެއްވެސް މެއެވެ. ސެލީނާއަށް ބިލްބޯޑް 100 ޗާޓުގައި މިހާތަަނަށް ވަނީ 41 ކަށްވުރެއް ގިނަ އެންޓްރީސް ވެސް ހޯދާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް