ads
ހުޅުމާލެ ދެވަނަ ފިޔަވަހި ފޮޓޯ:-- ޕީއެސްއެމް
ވާހަކަ ނުދެއްކޭ ވަރުގެ ކުޑަކުއްޖަކު އެކަނި މަގުމަތީގައި!
ބެލެނިވެރިޔަކާ ނުލައި ވާހަކަ ރަނގަޅަށް ވާހަކަ ނުދެއްކޭވަރުގެ ކުޑަ ފިރިހެން ކުއްޖަކު އެކަނިމާއެކަނި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބައިސްކަލް ދުއްވަނިކޮށް ފެނިއްޖެ އެވެ.

މީގެ ކުޑައިރުކޮޅެއްގެ ކުރިން ފަސް އަހަރުވެސް ނުވާ ކުއްޖާ އެކަނި މަގުމަތީގައި ބައިސްކަލް ދުއްވަން އުޅެނިކޮށް ބަޔަކު އެ ކުއްޖާ މަޑުކުރުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެންމެ އިރުމަތިން އޮންނަ މައިމަގުންނެވެ.

"އެ ކުއްޖާ އެކަނިމާ އެކަނި އެގޮތްމިގޮތަށް މަގުމަތީގައި ދުއްވަނީ. އެ ކުއްޖާއަކަށް ރަނގަޅަށް ވާހަކައެއް ވެސް ނުދެއްކޭ. މަގުމަތީގައި އެކި ގޮތްގޮތަށް މި ގަޑީގައި ބައިސްކަލް ދުއްވާތީ އެ ކުއްޖާ މަޑުކުރުވާފައި ފުލުުހުން ހަވާލުކުރީ،" އެ ކުއްޖާ ހުއްޓުވައިގެން ތިބި މީހުންގެ ތެރޭގައި ހިމެނޭ މީހަކު ބުންޏެވެ.

ސީއެންއެމުގެ ނޫސްވެރިން އެ ތަނަށް ދިޔައިރު ފުލުހުންގެ ދެ މީހަކު އެ ކުއްޖާ ކައިރީގައި މަޑުކޮށްގެން ވާހަކަ ދައްކަން ހުއްޓެވެ. ނަމަވެސް އެ ކުއްޖާ ވާހަކައެއް ނުދައްކަ އެވެ. ބެލެވޭގޮތުގައި ކުޑަ ކުއްޖާއަކީ ފޭސް ދޭއްގައި ދިރިއުޅެމުންދާ ކުއްޖެކެވެ.

ސީއެންއެމުގެ ނޫސްވެރިން އެ ތަނުން ދިޔައިރު ވެސް ކުޑަ ކުއްޖާ ކައިރީގައި ފުލުހުން ތިއްބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް