ކަޕިލް ޝަރްމާ ޝޯ އަކީ އިންޑިއާގައި އެންމެ ގިނަ ބަޔަކު ބަލަމުން އަންނަ ޝޯ އެކެވެ. އެގޮތުން އެ ޝޯ އަށް ގިނަ ފަންނާނުން ފިލްމް ޕްރިމިއާ ކުރުމަށް ގޮސް ދެކެވޭ ވާހަކަ ހިތްހަމަނުޖެހޭ ނަމަ އެބައި ޝޯގައި ނުހިމަނައި ކަނޑަން ބުނެ އެވެ.
އެގޮތުން ސޫރްޔަވަންޝީގެ ޕްރިމިއާގައި އަކްޝޭ ވަނީ އޭނާ ދެއްކި ވާހަކަ އެއް ކަނޑަން ބުނެފައިވާކަމަށް ކަޕިލް ޝަރުމާ ސޯގެ އެހެން މީހެއްގެ ފަރާތުން ލީކު ވެފަ އެވެ. އަދި އެގޮތުން ދެން އަކްޝޭ އެ ޝޯ އަށް ނުދާނެ ކަމަށް ބުނާ ވާހަކަތަކެއް ވެސް އޭރު ވަނީ މިޑިއާ ތަކުގައި ވާހަކަ ފެތުރިފަ އެވެ.
މި ފަހުން ދިން އިންޓަވިއު އެއްގައި އަކްޝޭ ބުނި ގޮތުގައި އޭނާ އާއި ކަޕިލްގެ މެދުގައި އެއްވެސް ކަހަލަ ހަމަ ނުޖެހުމެއް ހިނގާފައި ނުވެ އެވެ. އަދި ކަޕިލް ޝޯ އަކީ އަކްޝޭ ވަރަށް ސަޕޯޓް ކުރާ ޝޯއެއް ކަމަށް ވެސް އޭނާ ވަނީ ހާމަ ކޮށްފައެވެ.
ކަޕިލް އަކީ އިންޑިއާގައި ރިއަލިޓީ އެތައް ޝޯއެއް ހޯސްޓްކޮށް ކޮމެޑީގެ ރަސްގެފާނު ކަމަށް ގިނަ ފަރާތްތަކުން ފާހަގަ ކުރަމުންދާ ފަންނާނެކެވެ.