ads
އިބްރާހީމް އިސްމާއީލް (އިބްރާ) އާއި، ރައީސް ނަޝީދު——
'އަންނި'' ބޭނުން ގޮތަކަށް ކަންކުރުމުގެ ނަތީޖާ މި ފެންނަނީ: އިބްރާ
އެމްޑީޕީތެރެއިން މިއަދު މި ފެންނަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުން ގޮތަކަށް ކަންކުރުމުގެ ނަތީޖާކަމަށް އެ ޕާޓީގެ ފުރަތަަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
Advertisement

އެމްޑީިޕީގައި މިހާރު ކަންކަން ހިނގަމުންދާ ގޮތާއި ގުޅޭ ގޮތުން “ސީއެންއެމްް”އާއި ވާހަކަދައްކަވަމުން އިބްރާ ވިދާޅުވީ ޕާޓީތެރެއިން މިއަދު މި ފެންނަ ކަންތައްތަކަކީ ''އަންނި'' ބޭނުންހައި ގޮތަކަށް އެމްޑީޕީ ހިންގަން މަސައްކަތް ކުރައްވާތީ ވާހައި ކަންތައްތައް ކަމަށެވެ.

''ވާން ނެތް ގޮތެއް މިވަނީ. އަޅުގަނޑަށް އެނގޭ މިހެން ކަންކަން ހިނގާނެކަން. އެ ކޮންއިރަކުންކަން ނޭނގެނީ. އަންނި ބޭނުން ގޮތަކަށް އެމްޑީޕީގެ ހިންގުން, ގަވާއިދަކަށް އުސޫލަކަށް ބަލައިގެން ނޫން ހިންގަމުންދިޔައީ. އެ ކަންކަމުގެ ނަތީޖާތައް މި ފެންނަނީ މިހާރު.'' އިބްރާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ކެމްޕޭން ފެށުނު ފަހުން ރައީސް ނަޝީދަށް ސަޕޯޓުކުރައްވާ މެންބަރުންނާއި, ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަޕޯޓުކުރައްވާ މެންބަރުންގެ މެދުގައި އަންނަނީ ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ. އެ އިންތިހާބުގައި ރައީސް ނަޝީދުގެ ފަޅިން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ. ރައީސް ސޯލިހު ފަޅިން ހުންނެވީ އެ މަނިކުފާނުގެ އެންމެ އަރިސް ވަޒީރު އަދި އިބްރާގެ ކޮއްކޮ ފައްޔާޒް އިސްމާއީލެވެ.

''އަޅުގަނޑަށް މުހިންމީ ހޮވޭނީ ފައްޔާޒުތޯ އިންތިތޯއެއް ނޫން. ޕާޓީގެ މެންބަރުންނަށް ފެންނަ މީހެއް ތާ ހޮވާނީ. އެކަމަކު ކޮންމެ މީހަކު ހޮވުނަސް ކުރީގަ ކަންތައް ކުރި ގޮތަށް ކުރާކަށް ދެން ފަސޭހައެއްނުވާނެ.'' އިބްރާ ވިދާޅުވިއެވެ.

އެއީ އެމްޑީޕީތެރޭގައި ނޭނގި ހުރި ވަރަށް ގިނަ ކަންތައްތަކެއް އާންމު މެންބަރުންނާއި ހަމައަށް ތިލަވެގެން ގޮސްފައި ހުރުމުން ކަމަށާއި, އެހެންކަމުން މި ފަހަރުގެ އިންތިހާބުގައި މެންބަރުން ވޯޓުދޭނީ ޕާޓީ ރަނގަޅަށް ގެންދެވޭނެ މީހަކަށްކަމަށް ގަބޫލުކުރައްވާކަމަށް ވެސް އިބްރާ ވިދާޅުވިއެވެ. 

އަދި މުހިންމީ މެންބަރުންގެ އަދަދު އިތުރުވުމެއްނޫން ކަމަށާއި, ތިބޭ ބަޔަކު އުސޫލުތަކާއި ހަމަތަކަށް އަމަލުކުރުންކަމަށް ވެސް އިބްރާ ވިދާޅުވިއެވެ.

40%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް