ކޮވިޑް ނަވާރައާއި ގުޅިގެން މީގެ ދެ އަހަރު ކުރިން އިއުލާން ކުރި، ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ރައީށް އިބްރާހީމް މުހައްމަދު ސާލިހް މިރޭ އުވާލައްވައިފިއެވެ. މިކަން ރައީސް ހާމަ ކުރެއްވީ މިރޭ ގައުމާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލެއްވީ ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދުގެ މަތިން ކަމަށެވެ.
"ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އިއުލާންކުރަމުން އައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ސިއްހީ މާހިރުންގެ ލަފާގެ މަތިން، މިއަދުން ފެށިގެން ނިމުމަކަށް ގެނައި ވާހަކަ ދަންނަވަން. އަދި ދެން އަމަލުކުރަމުން ދާނެ ގޮތުގެ މައުލޫމާތު ހެލްތު މިނިސްޓްރީން އަންމު ކުރައްވާނެ"
ކޮވިޑު ނަވާރައާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މީގެ ދެ އަހަރު ކުރިންނެވެ. އޭރުއްސުރެ ފެށިގެން މަހަކު އެއް ފަހަރު ކަހަލަ ގޮތަކަށް އައީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރަމުންނެވެ.