ads
ފޮޓޯ:---
5 ވަނަ އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތް ފަށައިފި
ފަސްވަނަ އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތް 26 ޓީމާއި އެކު ފަށައިފި އެވެ.

ފަސްވަނަ އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތް 26 ޓީމާއި އެކު ފަށައިފި އެވެ. 

މުބާރާތުގެ ފުރަތަމަ ދުވަހު ކުޅެވުނު ހަތަރު މެޗަކީވެސް ފިރިހެން ދެވަނަ ޑިވިޝަންގެ ހަތަރު މެޗެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ވާދަކުރީ ހަބީބް ބޭންކް ލިމިޓެޑާއި މިނިސްޓްރީ އޮފް ފިނޭންސްގެ ފިރިހެން ޓީމެވެ. މި މެޗު 5 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ފިނޭންސްގެ ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފިނޭންސްގެ ޢަބްދުﷲ ހަސަން އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްއާއި އެމްއެމްއޭ ވާދަކޮށް ފަސް ލަނޑު 21 ލަނޑުން މެޗު ކާމިޔާބުކުރީ އެމްއެމްއޭގެ ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްއެމްއޭގެ އިސްމާއިލް ޝަރީފެވެ.

ފުރަތަމަ ދުވަހުގެ ތިންވަނަ މެޗުގައި ވާދަކުރީ އެމްޕީއެލްއާއި އައިޖީއެމްއެޗެވެ. މި މެޗު އެއް ލަނޑު 28 ލަނޑުން ކާމިޔާބުކުރި އައިޖީއެމްއެޗެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައިޖީއެމްއެޗްގެ އަހްމަދު އަބްދުއްސައްތާރެވެ.

ފުރަތަމަ ދުވަހުގެ ފަހު މެޗަކީ ކަރެކްޝަންސްއާއި ކްރިމިނަލް ކޯޓު ވަދަކުރި މެޗެވެ. މި މެޗު 11 ލަނޑު 12 ލަނޑުން ކާމިޔާބުކުރީ ކްރިމިނަލް ކޯޓެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކްރިމިނަލް ކޯޓުގެ މުހައްމަދު ނާފިއު އެވެ.

ފަސްވަނަ އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގައި ޖުމްލަ 98 މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ.

26 އޮފީހަކުން ވާދަކުރާ މި މުބާރާތުގެ އެއްވަނަ ޑިވިޝަން ފިރިހެން ބައިގާ 4 ޓީމް، އަދި ދެވަނަ ޑިވިޝަންގައި ފިރިހެން 15 ޓީމާއި އަންހެން 24 ޓީމު ވާދަކުރާނެ އެވެ. އެއްވަނަ ޑިވިޝަން އަންހެން އެއްވެސް ޓީމެއް މި ފަހަރުގެ މުބާރާތުގައި ވާދައެއް ނުކުރެ އެވެ.

މުބާރާތުގައި ފޯރި ގަދަވާނެ ކަމަށް ބެލެވިފައިވާ ފިރިހެން އެއްވަނަ ޑިވިޝަންގެ ކުޅުން ފެށުމަށް ހަމަޖެހިފައި އޮތީ ފެބްރުއަރީ ނުވަވަނަ ދުވަހުގެ ރޭ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި އެމްޕީއެލް ވާދަކުރާ މެޗުންނެވެ. 

މި ޑިވިޝަންގައި ދެން ހިމެނެނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް