ads
ފޮޓޯ/ގޫގްލް
ދުވާލު މާގިނައިން ނިދާނަމަ ސިއްހަތަށް ގެއްލުންވޭ
ދުވާލުގެ ވަގުތުގައި ގަޑި އިރެއް ވަރު ނިދުމަކީ ސިއްހަތަށް ފައިދާ ހުރި ކަމެއް ނަމަވެސް މާގިނައިން ނިދާ ނަމަ އެކަމުގެ ސަބަބުން ސިއްހަތަށް ގެއްލުން ވާނެ ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައެވެ.
Advertisement

އެގޮތުން ދުވާލު މާގިނައިރު ނިދާ ނަމަ ޓައިޕް 2 ޑައެބެޓީސްގެ ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް ސައިންސްވެރިން ވަނީ މީގެ ކުރިންވެސް އިންޒާރުދީފިއެވެ. މީގެ އިތުރުން ދުވާލު ގަޑިއެއްހާއިރަށް ވުރެ ގިނައިރު ނިދާ ނަމަ ލޭގައި ހަކުރުގެ މިންވަރު މާބޮޑަށް މައްޗަށް ދިއުމުގެ ފުރުސަތު 45 ޕަސެންޓް މަތިވެދާނެ ކަމަށް ވެސް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ގަޑިއެއްގެ އިރަށް ނުވަތަ އެއަށް ވުރެ މަދުން ދުވާލު ނިދާ ނަމަ ހަކުރު ބަލީގެ މި ނުރައްކާ މިގޮތަށް ނޯންނަކަން ވެސް ދިރާސާއިން ފާހަގަވެފައިވެއެވެ.

ދުވާލު މެންދުރު މާގިނައިން ނިދާ ނަމަ މީހާ ކަންނެތްވެ ހަށިގަނޑު ބަރުހެލި ވާގޮތް މެދުވެރިވެއެވެ. އެގޮތުން ރޭގަނޑު ރަނގަޅަށް ނުނިދުމާއި ދަންވަރު ބަންޑުހައިވާ ގޮތް މެދުވެރި ވެއެވެ. މީގެ އިތުރުން މޫނުމަތީގެ ތާޒާކަން ގެއްލި ލޯކައިރި ކަޅުވުން ނުވަތަ މޫނުމަތި ފުސްވެ މީހާގެ ސިފަ ތަފާތު ވާގޮތް ދިމާވެއެވެ. 

މީގެ އިތުރުން މާގިނައިން ނިދާނަމަ ހަކުރު ބައްޔަށްވެސް މީހާ ހުށައެޅިގެން ދެއެވެ. ހަކުރުބައްޔަކީ ހިތުގެ ބައްޔަށް ދެވޭ ބޫސްޓެކެވެ. މާ ގިނައިން ނިދުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކަށް ތަޖުރިބާރުން ދީފައިވާ ނަމަކީ "މެޓަބޮލިކް ސިންޑްރޯމް" އެވެ. މެޓަބޮލިކް ސިންޑްރޯމްގެ ތެރޭގައި ހަކުރުބަލީގެ އިތުރަށް ލޭމައްޗަށް ދިއުމާއި އުނަގަނޑުގައި ސަރުބީ ޖެހުމުގެ އިތުރަށް ބޭޑް ކޮލެސްޓްރޯލް ހަޑިގަނޑުގައި އިތުރުވުން ހިމެނެއެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް