ޓުވާޑަސް ފިއުޗަރގެ ނަމުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދިނުމުގެ ނަމުގައި އެފްއޭމުން އެކިއެކި ކެމްޕެއިންތައް ކުރަމުން ދިޔަނަމަވެސް ގާތްގާތުގައި އޮތް ޒުވާން އަންހެން ކުދިންގެ ދެ މުބާރާތުގައި ރާއްޖޭން ބައިވެރިނުވި ސަބަބެއް އެފްއޭއެމަކުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް މާލޭގައި ދާދި ފަހުންވަނީ އަންހެން ޓީމުގެ އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ.
ސާފް ޗެމްޕިއަންޝިޕް އަށާރަ އަހަރުން ދަށުގެ އަންހެން މުބާރާތުގައި އަދި އޮނަވިހި އަހަރުން ދަށުގެ އަންހެން މުބާރާތުގައި ދިވެހި ޓީމު ބައިވެރިނުވާއިރު، ދާދި ފަހުން އަންހެން ޓީމަށްވަނީ ބިދޭސީ ކޯޗަކު ހަމަ ޖައްސާފައެވެ.
މިއަދު އިންޑިޔާގައި ފެށޭ ސާފް ޗެމްޕިއަންޝިޕް އަށާރަ އަހަރުން ދަށުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އިންޑިޔާއާ ނޭޕާލެވެ.