ads
ފޮޓޯ/ގޫގްލް
ކުޑަ ކުދިން ގިނައިރު ނިދުމަކީ ކޮން ކަހަލަ ކަމެއް؟
ކުޑަ ކުދިން ނިދާ މިންވަރާއި ބެހޭ ގޮތުން ގިނަ ފަރާތްތަކުން ދަނީ ދެބަސް ވަމުންނެވެ. އެގޮތުން ސިއްހީ މާހިރުންނާ ހަވާލާދީ ބުނާގޮތުގައި ކުދިން ގިނައިން ނިދުމަކީ ހެދި ބޮޑުވުމަށް ރަނގަޅު ކަމެކެވެ.

އެގޮތުން ތުއްތުކުދިން މަދުވެގެން ދުވާލަކު 16 ގަޑިއިރުގެ ނިދި ނުލިބޭނަމަ އެކުދިންއަށް ޖިސްމާނީ ގޮތުން އާއި ނަފްސާނީ ގޮތުން އަދި މީގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ގިނަ ގުނަ ގޮންޖެހުން ތަކާއި ދިމާވެ އެވެ. އަދި ފުރާވަރުގެ ކުއްޖެއް ނަމަ ދުވާލަކު މަދުވެގެން އަށް ގަޑިއިރުގެ ނިދި ނުލިބޭ ނަމަ ވިސްނުން ކޮށިވެ ކާހިތް ނުވާ ފަދަ ކަންތަކާއި ކުރިމަތިލާން ޖެހެއެވެ.

ކޮންމެ ދުވަހަކު ނިދި ބޭނުންވާ މިންވަރު

އުމުރުން 4 މަހާއި 12 މަސް: 12-16 ގަޑިއިރު.

އުމުރުން 1 އަހަރާއި 2 އަހަރު: 11-14 ގަޑިއިރު. 

އުމުރުން 3 އަހަރާއި 5 އަހަރު: 10-13 ގަޑިއިރު.

އުމުރުން 6 އަހަރާއި 12 އަހަރު: 9-13 ގަޑިއިރު.

އުމުރުން 13 އަހަރުން މަތީގެ އެންމެން: 8-10 ގަޑިއިރު.

އެކަށީގެންވާ މިންވަރަށް ނިދުމުގެ ސަބަބުން ކުދިންގެ ސަމާލުކަން އިތުރުވެ، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެން ދެއެވެ. އެހެން ކަމުން ކުޑަކުދިން ގިނައިރު ނިދުމަކީ ސިއްޙީ ގޮތުން ވެސް އެންމެ އެދެވިގެންވާ ގޮތެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް