ads
ރަޝިއާއިން ކުރި މިސައިލް ޓެސްޓުގެ ފޮޓޯއެއް
ރަޝިއާއިން އާއްމު ކުރި ވީޑިއޯއާއި އެކު އެމެރިކާ ސިހިއްޖެ
ރަޝިއާއިން އިއްޔެ އާއްމު ކުރި މިސައިލް ޓެސްޓު ކުރާ ވީޑިއޯ އާ އެކު އެމެރިކާއިން އެކަމާ މެދު ކަންބޮޑުވާކަން ފާޅު ކޮށްފި އެވެ.
Advertisement

ރަޝިއާއިން އިއްޔެ ވަނީ، އިނގިރޭސި ވިލާތުގެ ލަންޑަނަށް ފަސް މިނެޓު ތެރޭ ހަމަލާ ދެވޭނެހާ ހަލުވި ބާރުމިނުގެ ނިއުކްލިއާ މިސައިލެއް ޓެސްޓުކޮށް އެ ވީޑިއޯ އާއްމު ކޮށްފަ އެވެ. އަދި މިއީ އެގައުމުގައި ހުރި ހަތިޔާރުގެ ބާރު ދުނިޔޭގެ ގައުމަތަކަށް ދައްކާލަން ކުރި ޓެސްޓެއް ކަމަށްވެސް އެގައުމުން ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން އެމެރިކާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ސްކައި ނިއުސްއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ރަޝިއާއިން ކުރި މިސައިލް ޓެސްޓުގެ ސަބަބުން ގައުމު ތަކުގެ މެދުގައި ކަންބޮޑުވުން އުފެދިފައި ވާކަމަށާއި، މިކަމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ލަންޑަނަށް ފަސް މިނެޓުން މި މިސައިލް ފޯރާނެ ކަމަށް ބުނި ބުނުމަކީ ނޭޓޯގެ ގައުމުތަކަށް ދިން އިންޒާރެއްގެ ގޮތުގައި ބެލެވޭ ކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، އަދިވެސް ރަޝިއާއަށް މަޝްވަރާ ކޮށްގެން ކަންކަން ހައްލު ކުރުމުގެ ފުރުސަތު ފަހިވެފައި ވާކަމަށާއި، ހަތިޔާރުގެ ބިރު ދައްކައިގެން ކަންކަން ހާސިލް ކުރުމަށް މަސައްކަތް ކުރުމަކީ ފިނޑި އަމަލެއް ކަމަށެވެ. 

"އަހަރުމެން އަތުގައިވެސް އެތައް ހަތިޔާރު ތަކެއް އެބަހުރި. އެހެން ނަމަވެސް އޭގެ ބިރު ދުނިޔޭގެ ގައުމުތަކަށް އަހަރުމެން ނުދައްކާނަން. ރަޝިއާއިން އުޅެނީ، ބިރު ދައްކައިގެން ކަންކަން ހާސިލް ކުރަންހެން ހީވަނީ. އެކަމެއް ނުވާނެ. މަޝްވަރާ ކޮށްގެން ކަންކަން ހައްލު ކުރުމަށް އަދިވެސް ފުރުސަތު އޮތީ ހުޅުވާލެވިފައި." އެމެރިކާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

މީގެ އިތުރުން އެމެރިކާއިން ބުނީ، ރަޝިއާއިން މިހާރު ޔޫކްރެއިން އަށް ދެމުން އަންނަ މިސައިލް ހަމަލާތަކުގައި ގޮތް ނޭނގޭ މާއްދާތަކެއް ބޭނުން ކުރަމުން އަންނަ ކަމަށާއި، މީގެ އިތުރުން އެންޓި މިސައިލް ރާޑަރުތަކަށް ނާރާ ގޮތަށް ފަރުމާކޮށްފައި ހުންނަ އާލާއްތައްވެސް މި މިސައިލް ތަކުގައި ހަރުކޮށްފައި ވާކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. 

ރަޝިއާ އާއި ޔޫކްރެއިން އާއި ދެމެދު ކުރަމުން އަންނަ ހަނގުރާމަ އިތުރަށް ހޫނުވެފައި ވާއިރު، ރަޝިއާއިން ވަނީ ޔޫކްރެއިންގެ ސިޓީއެއްގެ މޭޔަރުވެސް ރަހީނު ކޮށްފަ އެވެ. 

76%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް