ads
ފޮޓޯ/ގޫގުލް
ޝާހް އާ އެކު ކުޅެން ލިބޭ ފިލްމަކަށް ނޫނެކޭ ޑިޕިކާ ނުބުނާ ސަބަބު އެނގޭތަ؟
ބޮލީވުޑުގެ ބަތަލާ ދީޕިކާ ޕާޑުކޯން، ބޮލީވުޑްގެ ކިންގް ޝާހް ރުކް ހާންއެކު ފިލްމް ކުޅެން ލިބޭ ފުރުސަތު ދޫކޮށް ނުލާ ސަބަބު އޭނާ ހާމަ ކޮށްފި އެވެ.

އޭނާ ބުނިގޮތުގައި ޝާހް އާ އެކު ކޮންމެ ފިލްމެއްގައި މަސައްކަތް ކުރި ނަމަވެސް އަބަދު ވެސް އެއްޗެހި ކިޔާދޭނެ ކަމާއި ޝާޙްގެ ފަރާތުން އެހީތެރިކަން ފޯރު ކޮށް ދެ އެވެ. ޝާހް އަކީ ގިނަ އަހަރު ތަކެއް ވަންދެން ކާމިޔާބު އެތައް ފިލްމް ތަކަކާއި އެވޯޑްއެއް ހާސިލްކޮށްފައިވާ ފަންނާނެއް ކަމުން ތަފާތު އެކި ކަހަލަ ތަޖުރިބާ ހުންނާނެ ކަމަށް ވެސް ދިޕިކާ ގަބޫލު ކުރެ އެވެ.

ނަމަވެސް ޝާހް އެކު ކުޅެން ލިބުން ދެ ފިލްމެއް ދީޕިކާއަށް ވަގުތު ހުސް ކުރެވެން ނެތުމުގެ ސަބަބުން ވާނީ ދޫކޮށްލާފައި ކަމަށާއި އެ ނިންމުމަކީ ވެސް އޭނާ ހިތާއި ދެކޮޅަށް ނިންމި ނިންމުމެއް ކަމަށް ވެސް ދީޕިކާ ބުންޏެވެ. 

ދީޕިކާ ބޮލީވުޑަށް ތައާރަފް ވެފައިވަނީ ވެސް ޝާހުރުކް ޚާނާއެކު ފިލުމު ''އޯމް ޝާންތީ އޯމް'' އިންނެވެ. އޭގެ ފަހުން ވެސް މި ދެ ފަންނާނުން އެކުގައި ވަނީ ބައެއް ފިލުމު ތަކުގައި މަސައްކަތް ކޮށްފަ އެވެ. އޭގެތެރޭގައި ''ޗެންނާއި އެކްސްޕްރެސް''، ''ހެޕީ ނިއު އިޔާ''، ''ބިއްލޫ''ގެ އިތުރުން މިހާރު ކުޅެމުންދާ ފިލުމު ''ޕަތަން'' ހިމެނެ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް