ads
12 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި މީހުން. ފޮޓޯ: ޕޮލިސް
12 ކިލޯ ޑްރަގް ކޭސް: ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފިި
މި މަހުގެ 14 ވަނަ ދުވަހު ފުލުހުން ހިންގި އޮޮޕަރޭޝަނެއްގައި އަތުލައިގަތް 12.6 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.
Advertisement

ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި, ޑްރަގް އެންފޯސްމަންޓާއި, މެރިން ޕޮލިސް ގުޅިގެން ކަނޑުމަތީގައްޔާއި, މާލެއާއި, ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދެއެއްގައި އޮޕަރޭޝަން ހިންގިއެވެ.

ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަނުގައި މާލޭގެ ގެއަކާއި ހުޅުމާލޭގެ ގެސްޓު ހައުސްއެއްގެ އިތުރުން ލޯންޗެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. 

އެ އޮޕަރޭޝަނުގައ ހައްޔަރުކުރީ ނ.ވެލިދޫ/މަރިޔާޒް, މުހައްމަދު އަބްދުއްލަތީފް (30އ) އާއި, އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ (37އ) އާއި, ބަނގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ކަވްސަރު އަލަމް (30އ) ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އަބްދުއްލަތީފް ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި އިންޑިއާ މީހާއާއި, ބަންގްލަދޭޝްގެ މީހާގެ ބަންދަށް ދިނީ  15 ދުވަހެވެ.

ފުލުހުން ހާމަކުރި ގޮތުގައި މިކަމުގައު އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ބެލެވޭ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ ދިވެއްސަކާއި ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެކެވެ. އަދި އޭނާއަކީ މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެއްކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ މިހާރު ވަނީ ކޯޓުގައިކަމަށް ވެސް ފުލުހުން ބުންޏެވެ.

ހަމައެހެންމެ އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށާއި, މުހައްމަދު އަބްދުއްލަތީފަކީ ވެސް ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް