
ފެޑެރާ ޗެރިޓީން އެފްރިކާގައި ހިންގި ހަރަކާތެއްގެ ތެރެއިން
ރޮޖާ ފެޑެރާގެ ފަރާތުން ޔުކްރެއިންގެ ކުޑަ ކުދިންނަށް ބައި މިލިއަން ޑޮލަރު
ސްޕޯޓްސް ޓީމް
19 މާރޗް 2022 - 02:10:08
ހަނގުރާމައިގެ ސަބަބުން އެހީތެރިކަން ބޭނުންވެފައިވާ ޔުކްރެއިންގެ ކުޑަ ކުދިންނަށް ބައި މިލިއަން ޑޮލަރުގެ އެހީއެއް ދިނުމުން މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ ނިންމައިފިއެވެ.
ރޮޖާ ފެޑެރާ ފައުންޑޭޝަންގެ ފަރާތުން، ޔުކްރެއިންގައި އެހީތެރިކަމަށް ބޭނުންވެފައިވާ ކުޑަ ކުދިންނަށް ބައި މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމިކަން ފެޑެރާ އިއުލާންކޮށްފައިވަނީ ޓުވިޓަރގައެވެ.
އޭނާ ބުނެފައިވަނީ، ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ކުދިންގެ މައުލޫމާތު ލިބި އޭނާއާއި އޭނާގެ އާއިލާއަށް ފުން އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.
ފެޑެރާގެ އިތުރުން އެހެން ބައެއް އެތްލީޓުންވެސް އަންނަނީ ޔުކްރެއިނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އިނގިރޭސި އެއްވަނަ ޓެނިސް ކުޅުންތެރިޔާ އެންޑީ މުރޭވެސްވަނީ މި އަހަރު އޭނާ ކުޅޭ ހުރިހާ މުބާރާތަކުން ލިބޭ އިނާމް ފައިސާ އެހީތެރިކަމަށް ބޭނުންވެފައިވާ ޔުކްރޭންގެ އެކިއެކި ފަރާތްތަކަށް ދިނުމަށް ނިންމާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް