ނަމަވެސް ހިތާމައަކީ އޭސީގެ ސަބަބުން އެތައް ގެއްލުމެއް ވާކަން ނޭނގޭ ކަމެވެ. ނުވަތަ ގެއްލުން ވާކަން އިނގޭ އިރު ވެސް ފަރުވާ ކުޑަ ކުރެވޭ ކަމެވެ.
އޭސީކޮށްފައި ހުންނަ ތަންތަނުގައި ތިބޭ ނަމަ ގައިގެ ހަންގަނޑު ކުރަކިވެ ލޮލުން ފެން ހިނދޭ ގޮތް ވެ އެވެ. ނަތީޖާއެއްގެ ގޮތުން ލޮލަށާއި ހަންގަނޑަށް ތަފާތު އެކި ބަލި ޖެހުން އެކަށީގެން ވެއެވެ.
މީގެ އިތުރުން އޭސީ އަކީ އޭގެ ސަބަބުން ހަށިގަނޑުން ފެންދަމާ އެއްޗެއް ކަމުން އޭސީގެ ސަބަބުން ބޮލުގެ ރިހުމާއި އެނބުރުން އެރުމާއި ހަށިގަނޑުގެ ވަރު ދޫވުން ފަދަ އެތައް މައްސަލަތަކާ ކުރިމަތިލާން ޖެހެ އެވެ. އެގޮތުން އޭސީ ދަށުގައި ގިނަ ވަގުތު ހޭދަ ކުރާ ނަމަ ގިނައިން ފެން ބޯން އާދަ ކުރަންވާނެ އެވެ.
އޭސީ ދަށުގައި ގިނައިރު ހޭދަ ކުރާ ނަމަ ބޮލުން ހަންފޮޅުމާއި ބޯހިރުވުމުގެ އިތުރުން ނިދި އައިސް މީހާ ކަންނެތް ކޮށްލަ އެވެ. އެހެން ކަމުން އޭސީ ފިނީގައި ވީހާ ވެސް މަދު ވަގުތެއް ހޭދަ ކުރުމަށް ސިއްހީ މާހިރުން ވެސް ލަފާ ދެއްވަ އެވެ.