ads
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
މިއަހަރު ނިމުމުގެ ކުރިން 100 ރަށަކަށް ހޯމް ސްޓޭ ޓޫރިޒަމް ތައާރަފް ކުރަނީ
މި ހިނގާ 2022 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 100 ރަށަކަށް ހޯމްސްޓޭ ޓޫރިޒަމް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތުން 2023 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ފަތުރުވެރިކަން ފުޅާވެގެން ދާނެ ކަމަށެވެ.

އަދި މި ޕްރޮގްރާމުގެ ދަށުން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 100 ރަށަށް ހޯމް ސްޓޭ މޮޑެލް ތައާރަފުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން އަތޮޅު ތެރޭގެ ރައްޔިތުންނަށް އިތުރު ތަނަވަސްކަމެއް ލިބިގެން ދާނެ ކަމަށާއި، ހޯމް ސްޓޭ ޓޫރިޒަމްގެ ސަބަބުން، ކަލްޗަރަލް ޓޫރިޒަމާއި، އިކޯ ޓޫރިޒަމާއި އެޑްވެންޗަ ސްޕޯޓްސް ޓޫރިޒަމް ފަދަކަންކަންވެސް ކުރިއަރައި ދިޔުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މީގެ އިތުރުން މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ އަދުގެ ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ބަރޯސާނުވެ ހުރިހާ ސަރަހައްދެއްގައިވެސް ފަތުރުވެރިކަން ފުޅާކުރުން ކަމަށެވެ. 

އަދި މިހާރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފަސޭހަ ކަމާއި ދަތުރުފަތުރު ކުރެވޭނެގޮތް ފަހިވެފައި އޮތް އޮތުމަކީ ފަތުރުވެރި ކަމުގެ ސިނާއަތް ކުރިއެރުވުމަށް ހުޅުވިފައިވާ މަގެއް ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް