ads
ރައީސް ޞާލިޙާއި ރީކޯ މޫސަ ބައްދަލުކުރައްވަނީ. ފޮޓޯ:މޫސަ/ޓްވިޓާ
ނަޝީދާއި އީވާ ޕާޓީން ވަކިކުރަންޖެހޭ, ނޫނީ ކުރިއަށްދާން ވަރަށް ދަތިވާނެ: މޫސަ
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި, މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޕާޓީން ވަކިނުކޮށް އެމްޑީޕީ ކުރިއަށް ގެންދަން ދަތިވާނެކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި ގުޅިގެން ޕާޓީތެރޭގައި ދެބަސްވުންތައް އުފެދިފައިވަނިކޮށް މޫސަ މިއަދު ވިދާޅުވީ  އެމްޑީޕީގެ މާޒީއަށް ބަލާއިރު ޕާޓީގެ ގިނަ ސަޕޯޓަރުންގެ ތާއީދު ލިބުނު ވެރިންތައް ޕާޓީން ބޭރުކުރުމުގައި ނަޝީދު, އެ މީހުންގެ  ބޮލުގައި އެޅުވި އިލްޒާމަކީ ޕާޓީ ފިތުނަ ކުރުންކަމަށް ކަމަށެވެ. އެހެންކަމުން ނަޝީދާއި, އީވާ ޕާޓީން ވަކިނުކޮށް އެމްޑީޕީ ކުރިއަށް ގެންދަން މިހާރު ވަރަށް ދަތިވާނެކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ ‏މިދާވަރުން ދަންޏާ ''ނަޝީދު ހިންގާ އިންތި ކެމްޕެއިނު ކުދިން'' ދެން ބުނާނީ ނަޝީދު މަރާލަން ބޮންގޮއްވީ ވެސް ސީދާ ސަރުކާރުން ރާވައިގެން  ކަމަށް ކަމަށެވެ. އަދި މިހާރު ވެސް ފާޑަކަށް އެ އަޑު ހުންނަކަމަށް މޫސަ ވިދާޅުވިއެވެ.

ފަހަކަށް އައިސް މޫސަ އަންނަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އޭގެ އެއް ސަބަބަކީ އެމްޑީޕީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ގިނަ ބޭފުޅުން ނަޝީދުގެ ނުފޫޒާހުރެ ޕާޓީން ބޭރުކޮށްލުމެވެ.

ނަމަވެސް މޫސަ ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތް ކުރައްވާކަށް އެމްޑީޕީތެެރެއަކުން ރައީސް ނަޝީދަށް ދެން އެ ބާރެއް ނުލިބޭނެއެވެ. ހަމައެހެންމެ ދެން ޖެހޭނީ އަމިއްލަފުޅު ޕާޓީއެއް ހައްދަވައިގެން ކުރީގެރައީސް މައުމޫނު އަބްދުލްގައްޔޫމަށް ވީހެން ކޯނަރެއްގައި އިންނަވަންކަމަށް ވެސް މޫސަ ވިދާޅުވެފައިވެއެވެ.

14%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް