ސޯޝަލް މީޑިއާ މެދުވެރިކޮށް އަނަންޔާ ހިއްސާކުރަމުން އަންނަ ފޮޓޯތަކުން އޭނާ ފެނިގެންދަނީ ވަރަށް ތަފާތު ޑިޒައިންތަކެއްގެ ހެދުން އަޅާފައިހުރި މަންޒަރެވެ. ގިނަ ބަޔަކަށް ވަނީ އޭނާގެ ހެދުން އެޅުން ކަމުގޮސްފައެވެ.
"ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން އަނަންޔާ ބޮލީވުޑަށް ތައާރަފުވި އިރު އޭނާ ފަހުން ފެނިގެން ދާނީ "ޕަތީ ޕަތްނީ އޯރް ވޯ" އިންނެވެ. އެ ފިލްމުގައި އޭނާ ފެނިގެންދިޔައީ ސެކެޓަރީއެއްގެ ރޯލުންނެވެ.
އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ކާލީ ޕީލީ" އިންނެވެ. އެފިލްމުގައި އެނާ އާއެކު ފެނިގެންދާނީ އިޝާން ކައްޓާރުއެވެ.