ads
މިނިސްޓާ އާމިނަތު ޝައުނާ
ރާއްޖޭގެ ކޮންމެ ރަށެއްވެސް އިންތިހާއަށް ގިރަމުން އެބަދޭ: މިނިސްޓަރު ޝައުނާ
ދިވެހި ރާއްޖޭގެ ކޮންމެ ރަށެއް ވެސް އިންތިހާއަށް ގިރަމުން ދާކަމަށް، އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅު ވެއްޖެ އެވެ.

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވެފައި މިވަނީ، މޫސުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މެޓް އޮފީހުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަގަ އެވެ.

މިނިސްޓަރުގެ ވާހަކަގައި ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްވެސް އިންތިހާއަށް ގިރަމުން އެބަދާކަމަށާއި ރަށްގިރުމާއި އަދި ފެންފަށަލައަށް އަންނަ ބަދަލުތަކާއި މި ހުރިހާ ކަމެއް ވެސް އާހިރުގައި ގުޅިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށް ހުރިހާ ފަރާތްތަކެއް އެހީތެރިކަން ބޭނުން ވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މޫސުމީ ބަދަލު ތަކުގެ ސަބަބުން ތަފާތު ކާރިސާތައް ކުރިމަތި ވަމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެއަށް ސީދާ ގޮތުން ގެއްލުންތައް ލިބެމުން އަންނަ ކަމަށެވެ. އަދި އެ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ ހަރަދުތައް އަހަރަކުން އަހަރެއް އިތުރު ވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މި ރަސްމީޔާތުގައި މިނިސްޓަރު ޝައުނާ  ވަނީ ރާއްޖޭގައި ވާރޭ ފެން ނެގޭނެ ސަރަޙައްދުތައް އެނގޭނެހެން މެޓު އޮފީހުން ތައްޔާރުކޮށްފައިވާ، މޯބައިލް އެޕްލިކޭޝަނާއި މެޓް އޮފީހުގެ އާ ވެބްސައިޓް ލޯންޗްކޮށްދެއްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް