ads
މިދިޔަ އަހަރު ސިޓީ ކައުންސިލުން ބޭއްވި ނައިޓު މާކެޓު
ރޯދައާއި ދިމާކޮށް ބާއްވާ ނައިޓް މާކެޓު ކުރިއަށް ދާނީ 10 ދުވަަހަށް!
މާލޭ ސިޓީ ކައުންސިލުން ރޯދައާއި ދިމާކޮށް މިއަންނަ ހޯމަ ދުވަހު ފަށާ ސިޓީ ނައިޓު މާކެޓު ކުރިއަށްދާނީ 10 ދުވަހުގެ މުއްދަތަކަށް ކަމަށް އެ ކައުންސިލުން ބުނެފި އެވެ.
Advertisement

މާލެ ސިޓީ ކައުންސިލްގެ ސިޓީ ނައިޓް މާކެޓް ހޯމަ ދުވަހު ބާއްވަން ކައުންސިލުން ނިންމާފައިވާއިރު، އެ މާކެޓުގައި އެއްޗެހި ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް މޭޒު ވިއްކުން މާދަމާ ހެނދުނު 10:00 ގައި ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާބެހޭ ބައިގެ ގޯތި ތެރޭގައި އޮންނާނެ ކަމަށް ކައުންސިލުން  ބުނެއެވެ.

އެ މާކެޓުގެ ކޯ-އޯގަނައިޒަ އަކަށްވުމަށް ހުށަހެޅި ޕްރޮޕޯސަލް ތަކުގެ ތެރެއިން ހޮވިފައިވަނީ މައި ފިއުޗަ ޕްރައިވެޓް ލިމިޓެޑް އެވެ.

އެހެންކަމުން މޭޒު ބޭނުންވާ ފަރާތްތަކުން މައި ފިއުޗަ ޕްރައިވެޓް ލިމިޓެޑު ނަންބަރު 7844303 އާއި ގުޅައިގެން ކުރިއަށް ދިއުމަށް ވަނީ އެދިފައެެވެ. 

މި މާކެޓު ބާއްވަން ކައުންސިލުން ނިންމާފައިވަނީ ރޯދަމަހުގެ ފުރަތަމަ ހަތަރެއް ހިމެނޭ ގޮތަށް 10 ދުވަހުގެ މުއްދަތަކަށް މާލޭ އުސްފަސްގަނޑުގައެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް