
މި ފަހަރުގެ މުބާރާތަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ މި ފަހަރުގެ މުބާރާތުގައި ދިހަ ޓީމުން ވާދަކުރުމެވެ. މި ފަހަރު މުޅިން އަލަށް ވާދަކުރާ ދެ ޓީމަކީ ގުޖްރާތް ޓައިޓަންސް އަދި ލަކްނޯ ސުޕަރ ޖަޔަންޓްސް އެވެ.
މި ފަހަރުގެ މުބާރާތް، ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ތެރެއިން ކުރިއަށް ގެންދަން ނިންމާފައިވަނީ އިންޑިޔާގެ މަހާރާޝްތްރާ ސްޓޭޓްގެ ދެ ސިޓީއެއްގައެވެ. އެއީ މުމްބާއީ އަދި ޕޫނޭގައެވެ. އެންމެ ފަހު ސީޒަން ފުރިހަމަ ކުރީ ޔޫއޭއީގައެވެ.
އައިޕީއެލްގެ ފަނަރަވަނަ ސީޒަން މިއަދު ފެށޭއިރު މުބާރާތް ފަށާ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ ޗެންނާއީ ސުޕަރ ކިންގްސް ނުކުންނާނީ ކަލްކަތާ ނައިޓް ރައިޑާރސްއާ ދެކޮޅަށެވެ. ވިހި އޯވަރަށް ކުޅޭ މި މުބާރާތުގެ ފުރަތަމަ މެޗު ފެށުމަށް ހަމަ ޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ ހަތެއް ޖަހާއިރުއެވެ.