ads
ބ.ތުޅާދޫ ކަންމަތީ ޖަލްސާގައި އީވާ ވާހަކަ ދައްކަވަނީ. ފޮޓޯ:އަންވަރު (ސިމް)
އިންތިހާބާއި ވަޒީރުކަމާއި ނުގުޅުވާ, ވަޒީރުކަމަށް ބާކީ އޮތީ ދޮޅުއަހަރު: އީވާ
ވަޒީރުކަމަށް ބާކީ އޮތީ ދޮޅުއަހަރު ކަމަށާއި, އެހެންކަމުން ޗެއާޕާސަންކަމުގެ އިންތިހާބާއި ވަޒީރުކަމާއި ގުޅުވިޔަ ނުދިނުމަަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގޮވާލައްވައިފިއެވެ.
Advertisement

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް ތާއީދު ހޯދުމުގެ ގޮތުން ބ.ތުޅާދޫގައި ރޭ ބޭއްވި ކަންމަތީ ޖަލްސާގައި އީވާ ވިދާޅުވީ ވަޒީރަށް ވޯޓު ނުދީފިނަމަ ތަރައްގީގެ މަޝްރޫއުތައް ހުއްޓޭނެކަމަށް ގަބޫލު ކުރުމަކީ ކޮސްކަމެއް ކަމަށެވެ. 

އީވާ އެހެން އެ ވިދާޅުވަނީ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕޭން ޓީމުން ރަށްރަށަށް ގޮސް އެފަދަ ވާހަކަތައް ދައްކާކަމަށް އެ ރަށްރަށުގެ ރައްޔިތުން ބުނަމުންދާތީ އެކަމަށް އިޝާރަތް ކުރައްވައެވެ.

''އިރާދަކުރެއްވިއްޔާ ދެން ހޮވޭނީ އެމްޑީޕީގެ ސަރުކާރެއް. އެހެންނަމަ ވެސް މި ވަޒީރުކަމަށް ބާކީ އޮޮތީ ދޮޅު އަހަރު. މި ސަރުކާރަށް ވެސް ބާކީ އޮޮތީ ދޮޅުއަހަރު. ޗެއާޕާސަނަކު  އިންތިހާބު މި ކުރަނީ ފަސް އަހަރަށް. އެހެންވީމަ ޗެއާޕާސަންކަމުގެ އިންތިހާބާ ވަޒީރުކަމާ ގުޅުވިޔަ ނުދެއްވާތި.'' އީވާ ގޮވާލެއްވިއެވެ.

އީވާ ވިދާޅުވީ ހަޔާތުގައި ފުންކޮށް ވިސްނާލަންޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށާއި, އެއްބައި ކަންކަން ކުރިމަތިވާއިރަށް ހިތާހިތުން ހަދަންވީ ގޮތް އެނގޭ ކަމަށެވެ. އެ ގޮތުން އިންތި ޗެއާޕާސަންކަމަށް ކުރިމަތިލެއްވުމަކީ ހަދަންވީ ގޮތް އެނގޭ އަދި ސުވާލު އުފެދޭކަމެއް ނޫންކަމަށް ވެސް އީވާ ވިދާޅުވިއެވެ.

މިއަދާ ހަމައަށް ސިޔާސީ ހަޔާތް ހޭދަކުރެއްވީ އިންތިއާއެކުކަން  ފާހަގަކުރައްވައި އީވާ ވިދާޅުވީ އިންތިގެ ދެ ގޮތެއް ނުވާ އަޒުމާއި, އިންތި އެމްޑީޕީގެ އަސާސްތަކުގަ ހިފައިގެން އެ ހުންނަ ހުރުމާއި ތެދުވެރިކަމުގެ އިތުރުން އިންތިއަކީ މީހުންނަށް ނުހަނު އިހްތިރާމުކުރައްވާ ބޭފުޅެއް ކަމަށެވެ.

''ނާކާމިޔާބުގައި ވެސް ކާމިޔާބުގައި ވެސް ބިރުވެރިކަމުގައި ވެސް އުފަލުގައި ވެސް ދެގޮތެއްނުވެ ދެގޮތެއްނުވެ ހިފަހައްޓާލާ ތަން އަޅުގަނޑުމެންނަށް އެބަ ފެނޭ.'' އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ''ތީއީ ސަރުކާރު މީހުންނެއް ނޫނޭ'', ތިއީ ''އިދިކޮޅު މީހެކޭ'' މިހާރު ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން އިންތިއާއި ދިމާއަށް އެބަ ބުނާ ކަމަށެވެ. ނަމަވެސް އިންތިއާ އަދި ދެން ތިބި އެހެން މީހުން އެތައް ބޮޑު އަނިޔާއަކާ ކުރިމަތިލައި, އެތައް ގުރުބާނީއެއް ނުވިނަމަ މިއަދު މި ސަރުކާރު އޮންނާނެތޯ އީވާ ސުވާލު ކުރެއްވިއެވެ.

''އިމްތިޔާޒު ފަހުމީއާ ތިބޭފުޅުންނާ އެތައް ބައިވަރު ބަޔަކު ޖަލަށް ގޮސް ވަޒީފާތައް ގެއްލި އެތައް ބޮޑު އަނިޔާއަކާ ކުރިމަތިލާ އެތައް ގުރުބާނީއެއް ނުވިނަމަ މިއަދު އޮންނާނީ ކޮން ސަރުކާރެއްތޯ.'' އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އެ ބޭފުޅުން އިދިކޮޅު މިވަނީ ވަކި ކަންތައްތަކަކާއި ކަމަށާއި އެއީ ވައްކަމާއި ކޮރަޕްޝަނާއި, އެތެރޭގެ އިންތިހާބަކާއި ދިމާކޮށް ނުފޫޒު ފޯރުވައި ބިރުދައްކާތީ ކަމަށެވެ.

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް