ads
ފަންނުގެދަރިންގެ ސެޝަނެއްގެ ތެރެއިން:
ދެ އަހަރަށްފަހު ފަންނުގެދަރިން މިއަދު ހަވީރު ފަށަނީ
ފަންނުގެ ދަރިންގެ ފަރާތުން ރޯދަމަހަށް ހާއްސަ ސެޝަންތަކެއް ބާއްވާނެ
މަހަކަ އެއްފަހަރު ސެޝަނެއް ބޭއްވުމަށް ވަނީ ރާވާފަ
ދެ އަހަރު ދުވަހުގެ މެދު ކެނޑުމަށްފަހު ފަންނުގެ ދަރިންގެ 23 ވަނަ ސެޝަން މިއަދު ހަވީރު ފަށަން ތައްޔާރު ވެއްޖެ އެވެ.

މާލޭ ސަލްޓަން ޕާކުގައި މި ޝޯ ފަށާނީ މިއަދު ހަވީރު 15:45 ގައެވެ. ޝޯއަށް ވަނުމަށް ޓިކެޓެއް ނަގާކަށް ނުޖެހޭނެއެވެ.

 "ސީއެންއެމް" އާއި ވާހަކަދައްކަަވަމުން އެ ޝޯ އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަދުހަމް މިއަދު ވިދާޅުވީ، ފަންނުގެ ދަރިންގެ މި ސެޝަނުގައި 45 އަށްވުރެ ގިނަ އާޓިސްޓުން ބައިވެރިވާނެކަމަށެވެ.

"ފަންނުގެ ދަރިން އަސްލު ފެށިގެންއައީ ވެސް މިގޮތަށް. ސަލްޓަން ޕާކުގައި ސެޝަންތަކެއް ބާއްވައިގެން، ކޮވިޑުގެ ސަބަބުން މެދު ކެނޑުމަށްފަހު އަލުން ސެޝަންތައް މި ބާއްވަން ފެށީ މާސްކު ނަގައިގެން އައު ފެށުމަކުން ފަށަން،" އަދު ހަމް ބުންޏެވެ.

އަދުހަމް ބުނީ މިއީ ފަންނުގެދަރިންގެ ސެޝަންތަކުގެ ސިސްސިލާގެ ބައެއް ކަމަށެވެ. 

your imageފަންނުގެދަރިން އިވެންޓެއްގެ ތެރެއިން: ފޮޓޯ ފަންނުގެ ދަރިން

މިއަދު ކުޅޭ ސެޝަނުގައި އައްފާނު، އީސަ ގެ އިތުރުން އަލަށް އަރަމުންއަންނަ މިއުޒިކީ ފަންނާނުންކަމުގައިވާ، އައްކޮ އަދި ޒާޔާ ޕާފޯމް ކުރާނެއެވެ.

ފަންނުގެ ދަރިންގެ ސެޝަންތައް ކޮންމެ މަހަކުވެސް ދެން އޮންނާނެ ކަމަށް އަދުހަމް ވިދާޅުވިއެވެ.

މީގެ އިތުރުން ރޯދަ މަހަށް ވެސް ހާއްސަކޮށް "ފަންނުގެދަރިން" ގެ ފަރާތުން ހަފްތާއަކު އެއްފަހަރު "ރޯދަ ޖޭމް" ސެޝަންތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މި ސެޝަންތައް އޮންނާނީ އޮންލައިންކޮށެވެ.

"ކޮންވެސް ތަނަކު އެކިއުޕްމަންޓު އަތުރާލާފަ. ލައިވްކޮށްލާނީ ރޯދަމަހު ހަފްތާއަކު އެއްފަހަރު އަދި،" އަދުހަމް ބުންޏެވެ.

your imageފަންނުގެދަރިން އިވެންޓެއްގެ ތެރެއިން: ފޮޓޯ ފަންނުގެދަރިން

ފަންނުގެ ދަރިންގެ ބޭނުމަކީ ފަންނުވެރިން އެއްތަނަކަށް އެއްވެ، އެމީހުންގެ ހުނަރުވެރިކަން ދައްކާލައި، އެކަމުން އިންސްޕަޔާވުން ކަމަށް ވެސް އަދުހަމް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް