ads
ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު——
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު: ޖާގައަށްވުރެ މީހުންތިބި އަދަދު ގިނަ
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މީހުން ތިބެން ޖެހޭ އަދަދަށްވުރެ ގިންނައިން މީހުން ބައިތިއްބާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން މިހިނގާ މާރިޗު މަހުގެ 6 ން 8 ވަނަ ދުވަހުގެ ނިޔަލަށް ކުރި މޮނިޓަރިންގ ޒިޔާރަތުގައި މަރުކަޒުގެ ޖާގައަކީ 160 މީހުންކަމާއި، ކޮމިޝަނުން ޒިޔާރަތްކުރި އިރު 194 މީހުން މަރުކަޒުން ފަރުވާ ހޯދަމުންދާކަމަށް އެކޮމިޝަނުގެ އަވަސް ކަރުދާހުގައި ފާހަގަ ކޮށްފައިވއެވެ. 

އެކަރުދާހުގައި ބުނެފައިވާ ގޮތުން ތަނުގެ ޖާގައަށްވުރެ ފާރުވާ ހޯދަމުންދާ މީހުންގެ އަދަދު ގިނަކަން މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުންނާއި، މުވައްޒަފުން ދީފައިވާ މަޢުލޫމާތުންނާއި ލިޔެކިއުންތައް ބެލިބެލުމުން ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ.
މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 158 މީހުންނަކީ ނަފްސާނީ ބައްޔަށް މިވާކުރަމުންދާ ބަލިމީހުންކަމާއި، މީގެތެރޭގައި 18 އަހަރުން ދަށުގެ ދެ ކުދިން މަރުކަޒުގައި ތިބިކަންވެސް މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ދީފައިވާ މަޢުލޫމާތުންނާއި ލިޔެކިއުންތަކުން ފާހަގަކުރެވިފައިވާ ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ. 

މީގެ އިތުރުން އެކަރުދާހުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުންދާ މީހުންގެ ތެރެއިން އެމީހެއްގެ އާއިލާގެތެރޭގައި ނުވަތަ މުޖުތަމައުގެ ތެރޭގައި ބަހައްޓައިގެން ގެންގުޅެވޭ ވަރަށް ހާލަތު ރަނގަޅުވެފައިވާ ކަމަށް ސައިކޭޓްރިސްޓުން ލަފާ ދީފައިވާ 22 މީހުންވެސް އެމަރުކަޒުގައި ތިބި ކަމަށް އެކަރުދާހުގައި ބުނެފައި ވެއެވެ. އަދި އޭގެ ތެރޭގައި 2017 ގައި ދޫކޮށްފައިވާ މީހުންވެސް ހިމެނޭކަމަށް ކަރުދާހުގައި ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް