
ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ މާލެ ސިޓީ ކައުންސިލުން ބާތިލް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ހުޅުމާލޭގައި ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމަށް އެޗްޑީސީން ދެކޮޅު ހެދި ފަހުންނެވެ.
ރަޖިސްޓްރީ ބާތިލް ކުރި މައްސަލާގައި އެޗްޑީސީން ސިވިލްކޯޓަށް މައްސަލަ ހުށހެޅުމުން ސިވިލްކޯޓުން ވަނީ މައްސަލަ ނިމެންދެން ނިންމުމަށް އަމަލު ކުރުން ހުއްޓުވާފައެވެ.
ސިޓީކައުންސިލުން އިސްތިއުނާފު ކުރި މައްސަލައިގެ ހުކުމް މާދަމާ ހައިކޯޓުގައި އިއްވަން ވަނީ ނިންމާފައެވެ.
މިމައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ ސަމީރު އެވެ. އޭގެ އިތުރުން ދެން ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.
ސިވިލްކޯޓުން ވަގުތީ އަމުރު ނެރެފައި އޮތް ނަމަވެސް އެކޯޓަށް އެޗްޑީސީން ހުށަހެޅި އަސްލު މައްސަލަ ކުރިއަށް ދެއެވެ.