އައިޕީއެލްގައި މުޅިން އަލަށް ވާދަކުރާ ގުޖްރާތުން އެ ޓީމުގެ ފުރަތަމަ މެޗު ކާމިޔާބު ކުރީ، އެ ޓީމާ އެކު އައިޕީއެލްގައި މުޅިން އަލަށް ވާދަކުރާ ލަކްނޯ ސުޕަރ ޖަޔަންޓްސްއާ ވާދަކޮށެވެ.
ގުޖްރާތާ ލަކްނޯ ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުން ލަކްނޯ އަތުން މޮޅުވީ ފަސް ވިކެޓުންނެވެ. މި މެޗުގައި ގުޖްރާތަށް ޓޮސް ދިމާވެގެން ނިންމީ އުކާށެވެ. ލަކްނޯ ކުޅެން ނުކުމެ، ވިހި އޯވަރަށް ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ ސަތޭކަ ފަންސާސް އަށް ލަނޑެވެ. ޖަވާބުގައި ކުޅެން ނުކުތް ގުޖްރާތުން ފަސް ވިކެޓަށް ސަތޭކަ ފަސްދޮޅަސް އެއް ލަނޑު ހެދިއެވެ.
އައިޕީއެލްގައި އަންގާރަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ސަން ރައިސަސް ހައިދަރުއާބާދު ނުކުންނާނީ ރާޖަސްތާނު ރޯޔަލްސްއާ ދެކޮޅަށެވެ. މި މެޗު ފެށޭނީ ރާއްޖޭ ގަޑިން ހަތެއް ޖަހާއިރުއެވެ.