ads
ފޮޓޯ: ޖެންޑާ މިނިސްޓްރީ
ޖެންޑާ މިނިސްޓްރީން "އިބަމަ" ށ. އަތޮޅުގައި އިފްތިތާހު ކޮށްފި
މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް، ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމައުއެއްގައި ގާއިމުކުރާ އިޖްތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ށ. އަތޮޅުގައި ޖެންޑާ މިނިސްޓްރީން އިފްތިތާހު ކޮށް ފިއެވެ.

ށ. އަތޮޅުގައި ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝަތު މުހައްމަދުދީދީ ވިދާޅުވީ އިބަމަ (އިޖްތިމާއީ ބަދަހި މަދަދުވެރީން) އަކީ ރާއްޖޭގެ މުޖްތަމައު ތަކުގައި ކޮމިއުނިޓީ ސޯޝަލް ގްރޫޕްސް ގެ ގޮތުގައި ރައްކާތެރިކަމުގެ ނަޒަރުން ވިސްނައިގެން ދުޅަހެޔޮ މުޖްތަމައެއް ބިނާ ކުރުމަށްޓަކައި އެންމެހާ ހިއްސާދާރުން ގުޅިގެން މަސައްކަތްތައް ކުރާނޭ ފަރާތްތަކެއް ކަމަށެވެ.

އިބަމައިގައި ހިމެނޭ މެންބަރުންނަކީ ކޮންމެ ރަށެއްގަވެސް އަދި އަވަށެއްގައި ގާއިމު ވެފައިހުރި ގުޅުންހުރި މުއައްސަސާތަކެއް ކަމަށް ވާން ޖެހޭނެ ކަމަށާއި، ރަށު އަވަށު ކައުންސިލުން ކައުންސިލަރެއް، ޒިންމާދާރުވެރިޔާ، ސެކްރެޓަރީ ޖެނެރަލް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ކަނޑައެޅޭ ފަރާތެއްކަމަށް ވާންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ފަރާތެއް ހިމެނެން ޖެހޭ ކަމަށާއި، ތައުލީމީ ދާއިރާއިން ކޮންމެ ސްކޫލެއްގެ ޗައިލްޑް ޕްރޮޓެކްޝަން ލިއޭޒަން އޮފިސާ އަކާއި ފުލުހުންގެ ތެރެއިން ކަނޑައެޅޭ ފަރާތެއްވެސް ހިމެނެން ޖެހޭ ކަމަށް ބުނެފައި ވެއެވެ. އަދި ސިއްހީ ދާއިރާއިން ކަނޑައެޅޭ ފަރާތެއް ހިމެނެން ޖެހޭ އިރު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ކަނޑައެޅޭ ފަރާތެއްވެސް ހިމެނެން ޖެހޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރ، ވ، އދ، އަދި ފުވައްމުލަކު ސިޓީގައި އިބަމަގެ ތަމްރީނު ޕްރޮގްރާމްތައް ހިންގާފައިވާއިރު، ށ. އަތޮޅުގެ 11 ރަށަކުން އިބަމަ ތަމްރީނު ފުރިހަމަކޮށް ފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

މިހާތަނަށް މި ތަމްރީން ޕޮރޮގުރާމްގައި ޖުމުލަ 226 މެންބަރުން ތަމްރީނު ކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް