ads
އާމިރް ހާން:-
ދެން އާމިރު ހާން ފިލްމީ ދާއިރާއިން ނުފެންނާނެ!
މި އަހަރުގެ އޮގަސްޓު މަހުގެ 11 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ އާމިރް ހާންގެ ފިލްމު ލާލް ސިންގް ޗައްޑާ އަށްފަހު ފިލްމީ ދާއިރާ ދޫކޮށްލަން ނިންމާފައި ވާކަމަށް އާމިރް ހާން ބުނެފިއެވެ.

އާމިރް ހާން އާއި ހަވާލާދީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ކޮށްފައިވާ ރިޕޯޓްތަކުގައި އާމިރް ހާން ފިލްމީ ދާއިރާ ދޫކޮށްލަން ނިންމާފައި ވާކަން ވަނީ ކަށަވަރުވެފައެވެ. 

ބޮލީވުޑް ހަންގާމާގައި ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، އާމިރް ފިލްމީ ދާއިރާ ދޫކޮށްލަން ނިންމީ އޭނާގެ ދަރިންނާއި އާއިލާ އާއި އެކު ވަގުތު ހޭދަ ކުރުމުގެ ބޭނުމުގައި ކަމަށާއި، ފިލްމީ ދާއިރާގެ ސަބަބުން ދިރިއުޅުން ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އަދި ފިލްމު ކުޅެވުނީތީ މިހާރު ހިތާމަ ކުރާ ކަމަށާއި، އާއިލާއަށް ވުރެއް މިހިއްމު އެއްވެސް ކަމެއް ނޯންނާނެ ކަމަށް އާމިރް އާއި ހަވާލާދީ އެ ނޫހުގައި ވަނީ ރިޕޯޓް ކޮށްފައެވެ. 

އާމިރް ހާން ފިލްމީ ދާއިރާ ދޫކޮށްލަން ނިންމިކަން އިއުލާން ކުރުމުން އޭނާގެ ކުރީގެ އަނބިމީހާ އަދި ފިލްމު ޕްރޮޑިއުސަރު ކިރަން ރާއޯ އެކަމާއި ދެރަވެ ހިތާމަ ކުރާކަމަށްވެސް ނޫސްތަކުގައި ވަނީ ބުނެފައެވެ. ކިރަން އާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، އާމިރް ހާން އަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ބަދަލުގެނައި ކުޅަދާނަ ފަންނާނު ކަމަށާއި، އޭނާ މި ދާއިރާއިން ނުފެނުމުން އެތައް ބައެއް މާޔޫސް ވާނެ ކަމަށެވެ. 

އެހެން ނަމަވެސް އާމިރް ވަނީ އޭނާ ދެން ފިލްމު ކުޅުމުގެ އިތުރުން ޕްރޮޑިއުސް ކުރަންވެސް ބޭނުން ނުވާކަމަށް ބުނެފައެވެ. އަދި ވޭތުވެދިޔަ 30 އަހަރު ފިލްމީ ދާއިރާގައި ހޭދަކުރެވުނަސް ދަރިންނާއި އެކި ހޭދަކުރެވޭ 30 މިނެޓުން ފިލްމީ ދާއިރާއިން ނުލިބޭ އުފާވެރިކަމެއް ގެނުވާކަމަށް ވަނީ ބުނެފައެވެ. 

މި އަހަރުގެ އޮގަސްޓު މަހު ނެރުމަށް ހަމަޖެހިފައިވާ ލާލް ސިންގް ޗައްޑާގައި އާމިރް ހާންގެ އިތުރުން ކަރީނާ ކަޕޫރް އާއި، މޮނާ ސިންގް ފެނިގެން ދާނެއެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް