ads
މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު-
އެޗްޑީސީގެ ބެލުމުގެދަށުގައި ހުޅުމާލެ ބާއްވަން ހައިކޯޓުން ތާއީދުކޮށްފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކޮށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ހައިކޯޓުން މިއަދު ދަމަހައްހައްޓައިފިއެވެ.

އެޗްޑީސީގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ސިޓީ ކައުންސިލުން ފާސްކުރީ މިދިޔަ ޑިސެމްބަރު އަށްވަނަ ދުވަހުގައެވެ.

އެ ގޮތުން އެކަން ބައްލަވައިދެއްވައި, އެ ނިންމުމަކީ ގާނޫނާއި ހިލާފު ނިންމެވުމެއް ކަނޑަަޅުއްވައި ދެއްވައި, ނިންމުން ބާތިލުކޮށްދެއްވައި, ގާނޫނީ އިމުގެތެރެއިން މަސައްކަތް ކުރުމަށް މާލޭ ސިޓީ ކައުންސިލަށް އަންގަވައިދެއްވުމަށް އެދި އެޗްޑީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އަދި މައްސަލައަށް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަަމަލުކުރަން ނުޖެހޭނެކަމަށް ކަނޑައަޅައިދީ ވަގުތީ އަމުރެއް ނެެރެދިނުމަށް އެޗްޑީސީން ސިވިލް ކޯޓުގައި އެދުމުން އެ އަމުރު ވަނީ ނެރެދީފައެވެ. އެ ގޮތުން ސިވިލް ކޯޓުން ނެރެދިން ވަގުތީ އަމުރު ސިޓީ ކައުންސިލުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ސިވިލް ކޯޓުގައިި ކުރިއަށްދަނީ އެޗްޑީސީގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވާ ދެ ބިމެއްގެ ރަޖިސްޓްރީ ބާތިލުކުރި މައްސަލަކަމަށްވާތީ އެޗްޑީސީއަށް ވަގުތީ އަމުރަށް އެދެވޭނެ ކަމަށެވެ. އަދި އެޗްޑީސީގެ ފަރާތުން އެ ކޯޓަށް  ހުށަހެޅި އަސްލު މައްސަލަ ބެލުމުން އެއީ ސީދާ ގޮތުން އަދި ނުސީދާ ގޮތުން ވެސް އެ ކުންފުންޏަށް އަސަރު ކުރާނެ ކަމެއް ކަމަށް ހައިކޯޓު ހުކުމުގައި ވަނީ ބުނެފައެވެ. އެހެންކަމުން އެޗްޑީސީއަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް އޮތްކަން ފާޅުކަންބޮޑު ގޮތެއްގައި އެނގޭކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ. 

ހުކުމުގައި ބުނީ ދެ ފަރާތުން ދައްކާ ވާހަކަތަކާއި, ހުށަހެޅިފައިވާ ކަންކަމާއި, ވަށައިގެން ހުރި ކަންކަމުގެ މައްޗަށް ރިއާޔަތްކުރުމުން މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެނުދީފިނަމަ އިއާދަ ނުކުރެވޭނެ ގެއްލުމެއް އެޗްޑީސީއަށް ލިބިދާނެ ކަމަށާއި, އެހެންކަމުން ސިވިލް ކޯޓުގެ ވަގުތީ އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއްނެތް ކަމަށެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް