ads
އަފްގާނިސްތާން ރައްޔިތުން
ތުނބުޅި ދިގު ނޫން ނަމަ ދެން ވަޒީފާއެއް ނުލިބޭނެ
ތުނބުޅި ދިގުކޮށްފައި ނުހުންނަ ފިރިހެނުންނަށް ދެން ސަރުކާރުގެ އެއްވެސް އިދާރާއަކުން ވަޒީފާއެއް ނުލިބޭނެ ކަމަށް، ތާލިބާނުން ބުނެފިއެވެ.
Advertisement

އަފްގާނިސްތާނުގެ ވެރިކަން ކުރަމުން އަންނަ ތާލިބާނުން އިއްޔެ ބުނީ، އެގައުމުގައި މީގެ ކުރިން ގެންގުޅުނު ޔޫރަޕުގެ ވައްޓަފާޅި އެއްކޮށް ބަދަލު ކުރަން ޖެހޭ ކަމަށާއި، އެގައުމަކީ ސައްތައިން ސައްތަ އިސްލާމީ ޝަރީއަތް ހިންގާ ގައުމެއް ކަމަށެވެ. އަދި އެކަން ތަންފީޒު ކުރަން ކުރަންޖެހޭ ކަންކަން ކުރަމުން އަންނާނެ ކަމަށްވެސް ތާލިބާނުން ވަނީ ބުނެފައެވެ. 

މީގެ އިތުރުން ތާލިބާނުން ބުނީ، މިއަދުން ފެށިގެން އެގައުމުގެ ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ތުނބުޅި ނުބަހައްޓާ މީހަކަށް ވަޒީފާގައި ނުހުރެވޭނެ ކަމަށާއި، ދެން ވަޒީފާގައި ތިބެވޭނީ ތުނބުޅި ބަހައްޓާ އިސްލާމް ދީނުގައި އެންގެވި ގޮތަށް އުޅުން ބަހައްޓާ މީހުންނަށް އެކަނި ކަމަށެވެ. އަދި އެކަމަށް އިންކާރު ކުރާ މީހުންނާއި ދޭތެރޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި، ޖަލު ހުކުމްވެސް ދޭނެ ކަމަށް ވަނީ ބުނެފައެވެ. 

ތާލިބާނުން އިތުރަށް ބުނީ، ތުނބުޅި ބެހެއްޓުމުގެ އިތުރުން ބޮލުގައި ފޮށާ އަޅާ ގަޔަށް ދޫ ކުރުތާ ލާން ޖެހޭނެ ކަމަށެވެ. އަދި މި ގޮތަށް ނޫޅޭ މީހުން ވަޒީފާއިން ވަކި ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ. 

ތާލިބާނުން އަފްގާނުގެ ވެރިކަމާއި ހަވާލުވި ފަހުން އެގައުމުގައި ގެންގުޅޭ ސިޔާސަތު ތަކާއި ގުޅިގެން ދުނިޔޭގެ ގައުމު ތަކުން އަންނަނީ ތާލިބާނުންނަށް އެއްވެސް އެހީތެރިކަމެއް ދިނުމަށް ދެކޮޅު ހަދަމުންނެވެ. 

ތާލިބާނުން މިދިޔަ ހަފްތާގައި ވަނީ އެގައުމުގެ އަންހެން ދަރިވަރުން ސުކޫލަށް ދިއުމާއި އެއްވެސް އަންހެނެއް ފްލައިޓް ތަކުން ދަތުރު ކުރުންވެސް މަނާ ކޮށްފައެވެ. 

89%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް