ads
ވަރުން އާއި ޖާންވީ
ވަރުން އާއި ޖާންވީގެ ފިލްމެއް 2023ގައި ނެރެނީ
ބޮލީވުޑްގެ މަޝްޙޫރު ބަތަލް ވަރުން ދާވަން އާއި ބަތަލާ ޖާންވީ ކަޕޫރު އެއްކޮން ފެނިގެނދާ ފިލްމެއް އަންނަ އަހަރު ރިލީޒް ކުރާނެ ކަމަށް ބުނެފި އެވެ.

އެގޮތުން ބޮލީވުޑްގެ ފިލްމް ޕްރްޑިއުސަރު ކަމަށްވާ "ނިޓޭޝް ތިވާރީ"ގެ ކުރިއަށް އޮތް "ބަވާލް"ގައި ވަރުން އާއި ޖާންވީ ފެނިގެންދާނެ ކަމަށް ވަނީ އޭނާ ހާމަކޮށްފައެވެ. އަންނަ އަހަރުގެ އެޕްރީލު މަހުގެ ހަތް ވަނަ ދުވަހު ނެރޭ ގޮތަށް ހަމަ ޖައްސާފައިވާ މި ފިލްމަކީ ކާމިޔާބު ފިލްމްކަމަށްވާ ޗިޗޯރީއަށް ފަހު ނިޓޭޝް އުފައްދާ ފިލްމެވެ.

މި ފިލްމަކީ ޖާންވީ އާއި ވަރުން އެއްކޮން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި މި ދެ ތަރިން އެއްކޮށް ފެނިގެންދާނެ ކަން ހާމަ ކުރުމާއި އެކު ސަޕޯޓަރުން ދަނީ މި ދެ ތަރިން އެކުގައި ފެނިލަން ބޭނުން ވާކަމަށް ބުނެ ދެ ތަރިންގެ ކެމިސްޓްރީ ދިމާވާ ކަމަށް ބުނަމުންނެވެ.

ނިޓޭޝް އަކީ މީގެ ކުރިން ވެސް އޭނާގެ ފިލްމްއަށް އެވޯޑް ލިބިފައިވާ ޕްރޮޑިއުސަރެއް ކަމުން މި ފިލްމަކީ ވެސް ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު ދަނީ އުއްމީދު ކުރަމުންނެވެ. 

އެގޮތުން ޖާންވީގެ ދެ ފިލްމެއް މިއަހަރު ނުކުންނަށް ހަމަ ޖެހިފައިވާއިރު ސޮއި ކޮށްފައިވާ ވެސް ފަސް ޕްރޮޖެކްޓެއް ވާކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ވަރުންގެ ދެ ފިލްމެއް ވެސް މިއަހަރު ތެރޭ ރިލީޒް ކުރާނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް