ads
ވިލުނު ރިހެބިލިޓޭޝަން ސެންޓަރު ރައީސްގެ ދެކަނބަލުން ބައްލަވާ ލައްވަނީ
ވިލުނު ރިހެބިލިޓޭޝަން ސެންޓަރުން އަންނަ ހަފްތާގައި ފަރުވާދޭން ފަށަނީ
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ހުޅުމީދޫގައި ހުޅުވި މަސްތުވާތަކެއްޗަށް ފަރުވާދޭ ރިހެބިލިޓޭޝަން ސެންޓަރު "ވިލުނު" އިން އަންނަ ހަފުތާ އިން ފެށިގެން ފަރުވާދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި 7.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަށް ދިވެހި ސަރުކާރުން 7.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ރެއިންބޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހެދި މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ، 2020ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަސައްކަތް ނިންމި މި ސެންޓަރު ހުޅުއްވާދެއްވާފައިވަނީ، އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖެއިޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި މިދިޔަ އާދިއްތަ ދުވަހުއެވެ.

އެ ސެންޓަރުގެ ހިދުމަތްތައް ފެށުމުގެ ކުރިން ފަރުވާ ލިބިގަންނަ މީހުންގެ އެސެސްމަންޓު ހެދުމަށް އެންޑީއޭ އިން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.

your imageވިލުނު ރިހިބިލިޓޭޝަން ސެންޓަރު

ޖުމްލަ 60 މީހުންނަށް ފަރުވާ ދެވޭ މި ސެންޓަރުގައި ޑިޓޮކްސިފިކޭޝަން، ޓްރީޓްމެންޓު، ރެސިޑެންޝަލް ޓްރީޓްމެންޓް، ކޮމިއުނިޓީ ރިހެބިލިޓޭޝަން އަދި ރީއިންޓެގްރޭޝަނާ ގުޅޭ ފަރުވާގެ ޕްރޮގްރާމްތައް ކުރިޔަށްގެންދާ ގޮތަށް ހިދުމަތްތައް ފަރުމާކުރެވިފައިވާއިރު، ފަރުވާގެ ޕްރޮގްރާމްތައް ހާއްސަކޮށްފައިވަނީ ސައިކޮތެރަޕީގެ ދަށުން ނަފްސާނީ ، އިޖްތިމާއީ، ޖިސްމާނީ، އަދި ރޫހާނީ ދުޅަހެޔޮކަމުގެ ވަށައިޖެހޭ ނިޒާމެއްގެ މައްޗަށެވެ.

އެ ސެންޓަރުގައި ފަރުވާދޭ މުއްދަތު ކަނޑައަޅަނީ، ފަރުވާ ހޯދާ ބަލިމީހާގެ ބޭނުންތަކަށް ބަލައި އެމީހެއްގެ ފަރުވާ ކުރިޔަށްދާ މިންވަރަކަށް ބަލައިގެންނެވެ. ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ސެންޓަރުގައި ކުރިއަށް ގެންދާ ފަރުވާގެ ޕްރޮގްރާމްތައް ތައްޔާރުކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ އެހީގަ އެވެ. 

your imageވިލުނު--

ޖުމްލަ 24 މުވައްޒަފުން މަސައްކަތް ކުރާ މި ވިލުނު ސެންޓަރުގެ ޕްރޮގްރާމްތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް ވަނީ އެ ސެންޓަރުގައި ދެވޭ ފަރުވާތަކާއި ގުޅޭގޮތުން ތަމްރީންތަކެއް ދީފައި ވާއިރު، އެތަނުން ފޯރުކޮށްދޭ ހިދުމަތްތަކާއި ބެހޭގޮތުން ސެންޓަރު ހުޅުވުމުގެ ކުރިން ހުޅުމީދޫގައި ވަނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. 

އެ ސެންޓަރުގައި އެންމެ ފުރަތަމަ 20 މީހުންނާ އެކު ފަރުވާ ފެށުމަށް ތައްޔާރުވަމުން ދާއިރު، ފަރުވާދޭން ހަމަޖެހިފައިވާ މީހުންގެ އެސެސްމަންޓު ހެދުމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް