ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ހައިކޯޓު
ހައިކޯޓުގެ ރައްދު: ''ޝަރުއީ ޒިނޭ'' އާއި ''ގާނޫނީ ޒިނޭ'' ނޯންނާނެ
އެއްވެސް ގާނޫނެއްގައި ''ޝަރުއީ ޒިނޭ'' އާއި ''ގާނޫނީ ޒިނޭ '' ކިޔާ ވަކި ދެ ކުށެއްނެތް ކަމަށާއި, އެއީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހަދައިގެން ދައްކާ ވާހަކައެއްކަމަށް ބުނެ ހައިކޯޓުން ރައްދެއް ދީފިއެވެ.
Advertisement

ހައިކޯޓުން މި ގޮތަށް ރައްދުދިނީ ދައުލަތުން އެ ކޯޓުގައި އިސްތިއުނާފުކުރި ޒިނޭގެ މައްސަލައެއް ނިންމައި އިއްވި ހުކުމުގައެވެ. އެ މައްސަލައިގައި ފިރިހެނެއްގެ މައްޗަށް ޒިނޭކުރުމުގެ ކުށުގެ ދައުވާ އުުފުލީ, އޭނާގެ ކުރީގެ އަނބިމީހާ ވަރިކުރިފަހުން ވިހޭ ދަރިފުޅުގެ ޑީއެންއޭއާއި ފިރިހެންމީހާގެ ޑީއެންއޭ ދިމާވުމާއިި ގުޅިގެންނެވެ. އެ ގޮތުން މި މައްސަލައިގައި ދައުވާ އުފުލީ ގާނޫނުލްއުުގޫބާތުގެ ދަށުންނެވެ. އެހެންނަމަވެސް މި މައްސަލައިގައި އިސްކަން ދޭންޖެހޭނީ ޖިންސީކުށުގެ ގާނޫނަށްކަމަށް ބުނެ މެޖިސްޓްރޭޓް ކޯޓަކުން ވަނީ ދައުވާ ބާތިލްކޮށްފައެވެ.

ދައުުލަތުން ގަބޫލު ކުރާ ގޮތުގައި ޖިންސީ ކުށުގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ޝަރުއީ ޒިނޭގެ ކުށުގެ އަމަލެވެ. ހަމައެހެންމެ ގާނޫނުލްއުގޫބާތުގެ 411  ވަނަ މާއްދާގެ (ހ) ގެ 1 ގައި ބަޔާން ކުރަނީ ގާނޫނީ ޒިނޭގެ ކުށުގެ އަމަލެވެ. 

މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނީ ދެ ގާނޫނުގައި ޒިނޭ ސާބިތިކުރާ ހެކީގެ މިންގަނޑަށް ބަލައިގެން ކުށް ތަފާތުކުރުމުގެ ބާރެއް ނޯންނާނެ ކަމަށާއި, ޒިނޭގެ މައްސަލަތަކުގައި މިހާރު އިސްވެފައި އޮތީ ޖިންސީ ކުށުގެ ގާނޫނުކަމަށްވާތީ ދެ ގާނޫނު މަސްހުނިކޮށްގެން ދައުވާ ނުކުރެވޭނެ ކަމަށެވެ.

އެހެންކަމުން ޒިނޭގެ ކުށާއި ގުޅިގެން އެއީ ގާނޫނީ ޒިނޭއެކޭ ނުވަތަ މިއީ ޝަރުއީ ޒިނޭއެކޭ ބުނެ ޒިނޭގެ ކުށުގެ މައްޗަށް ދެ ގާނޫނު މަސްހުނިކޮށްގެން ކުށުގެ އަމަލު ތުހުމަތުގައިވާ މީހާއަށް އޭނާގެ މައްޗަށް އަންނާނީ ކޮން ބާވަތެއްގެ ޒިނޭއެއްގެ ކުށެއްކަން އަންދާޒާ ނުކުރެވޭނެފަދަ ނިޒާމެއްގެ ދަށުން ދައުވާ ކުރެވިދާނެކަމަކަށް ނުދެކޭކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި ހުކުމުގައިވެއެވެ. 

ހަމައެހެންމެ އެއްވެސް ގާނުނެއްގައި ޝަރުއީ ޒިނޭއާއި ގާނޫނީ ޒިނޭ މިހެން ބަޔާންކުރާ ކުށެއް ނެތް ކަމަށެވެ. އަދި ޒިނޭގެ ކުށާއި ގުޅިގެން ދައުލަތުން އަމަލުކުރަންޖެހޭނީ ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކުރާ ގޮތަށް ކަމަށާއި, ގާނުނުލްއުގޫބާތުގައި ބަޔާންކުރާ ޒިނޭގެ ކުށާއި ގުޅޭ ގޮތުން ހުރި އުސޫލުތައް ވަނީ ގާނޫނީ ގޮތުން ހުއްޓުމަކަށް އައިސްފައިކަމަށް ވެސް ހުކުމުގައިވެއެވެ. ހަމައެހެންމެ ޖިންސީ ކުށުގެ ގާނޫނު އޮތް ގޮތުން ޒިނޭގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ ހައްދުގެ އަދަބުގެ އިތުރުން ތައުޒީރީ އަދަބު ދެވިދާނެކަމަށް ވެސް ހައިކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް