ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އިކޮނޮމިކް މިނިސްޓަރު ސައީދު
ލަންކާއާއެކު ޑިއުޓީ ފްރީ ވިޔަފާރި ޒޯނެއް ގާއިމްކުރުމުގެ މަޝްވަރާއެއް ނެތް: ސައީދު
ރާއްޖެ އާއި ލަންކާއާ ދެމެދު ފްރީ އިކޮނޮމިކް ޒޯނެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަަކަތައް ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ.
Advertisement

މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފްރީ އިކޮނޮމިކް އަދި ފްރީ މޫވްމަންޓް ޒޯނެއް ހެދުމަށް ރާއްޖެ އާއި ލަންކާއާ ދެމެދު ކުރަމުން އަންނަ މަޝްވަރާތައް ހަގީގަތަކަށް ވެއްޖެ ނަމަ އެއީ މި ސަރަހައްދުގައި މިހާތަނަށް ދެ ގައުމަކުން ހަދާ އެންމެ ތާރީހީ އިގްތިސާދީ އެއްބަސްވުމަށް ވެގެން ދާނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ވިސާ ނުވަތަ ވޯކް ޕާމިޓް ބޭނުންނުކޮށް އެއްގައުމުން އަނެއް ގައުމަށް ގޮސް ދިރިއުޅުމާއި، މަސައްކަތްކުރުމާއި، ކިޔެވުމާއި، މުދާ މިލްކުކުރުމާއި، ވިޔަފާރި ހިންގުމާއި، އާންމު ހިދުމަތްތައް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ބުނެ ރިޕޯޓްކޮށްފައިވެ އެވެ.

އެ ރިޕޯޓުތައް ދޮގުކުރައްވައި، ސައީދު މިއަދު ވިދާޅުވީ އެއީ، ރަނގަޅު ވާހަކައެއް ނޫން ކަމަށާއި، އެ ފަދަ ކަމެއް ކުރަން ހިޔާލު ވެސް ކޮށްފައި ނުވާ ކަމަށެވެ.

ރަސްމީކޮށް ސައީދު މިފަދައިން ވިދާޅުވިއިރު، މި ރިޕޯޓުތަކާ ގުޅިގެން ލަންކާ ސަރުކާރުން ވެސް އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

"އެއީ މިހާތަނަށް ހިޔާލުކުރެވި ނުވަތަ މަޝްވަރާ ކުރެވިފައިވާ ކަމެއްވެސް ނޫން،" ސައީދު ވިދާޅުވި އެވެ.

ލަންކާގެ ރިޕޯޓުތައް ބުނާ ގޮތުން އެއްބަސްވުމާ ގުޅޭ މަޝްވަރާތަކެއް ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ އަންނަ މަހު ރާއްޖެ ވަޑައިގަންނަވާ ދަތުރުގައި ކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައި ވަނީ ރާއްޖޭގެ މިނިވަން ދުވަސްކަމަށްވާ ޖުލައި 26އަށް ފަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް