އައިޕީއެލްގައި މުމްބާއީ މިއަދުވަނީ ރާޖަސްތާން ރޯޔަލްސް އަތުން ބަލިވެފައެވެ. މި މެޗުން ރާޖަސްތާނު މޮޅުވީ ތޭވީސް ލަނޑުންނެވެ. މި މެޗުގައި ޓޮސް ދިމާވީ މުމްބާއީއަށެވެ. އެ ޓީމުން ބޭނުންވީ ފުރަތަމަ އުކާށެވެ. ރާޖަސްތާނު ކުޅެން އަރައި އެ ޓީމުންވަނީ ވިހި އޯވަރަށް އަށް ވިކެޓުން ސަތޭކަ ނުވަދިހަ ތިން ލަނޑު ހަދާފައެވެ.
ޖަވާބުގައި ކުޅެން ނުކުތް މުމްބާއީއަށް ވިހި އޯވަރުން ހެދުނީ އަށް ސަތޭކަ ހަތްދިހަ ލަނޑެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;