ads
ފޮޓޯ ގޫގްލް
އަރިދަފުސް ރޯގާއިން ސަލާމަތް ވުމަށް މިކަންކަމަށް ސަމާލުވޭ!
އަރިދަފުސް ރޯގާއަކީ ދުނިޔޭގައި އެންމެ އާންމުކޮށް ފެތުރޭ އެއް ރޯގާ އެވެ. މިއީ ވައިރަސް އަކުން ޖެހޭ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކާގެ ގަޔަށް އަރާ ބައްޔެކެވެ. އަރިދަފުސް ރޯގާ މައިގަނޑު ގޮތެއްގައި ޖެހެނީ ޕައިކޮނަރވައިރަސްތައް އަދި ކޮރޯނަވައިރަސްތައްގެ ސަބަބުންނެވެ.

އަރިދަފުސް ރޯގާ ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކަރުތެރެ ހަލާކުވުން ނުވަތަ ފާރުވުން، ނޭފަތް ބެދުން، ނޭފަތުން ފެން ނުވަތަ އަރިދަފުސް އައުން، ކިނބިހި އެޅުން، އަދި ކެއްސުން ހިމެނެ އެވެ. މީގެ އިތުރުން ލޯ ރަތްވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ކާހިތްނުވުން، ނުތަނަވަސްވުން ފަދަ ކަންތައް ވެސް ކުރިމަތި ވެއެވެ.

އަރިދަފުސް ރޯގާ އަކީ ދުނިޔޭގައި އެންމެ އާންމުކޮށް ފެތުރޭ އެއް ރޯގާ އެވެ. މިއީ ވައިރަސް އަކުން ޖެހޭ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކާގެ ގަޔަށް އަރާ ބައްޔެކެވެ.

ރޯގާ އަކީ ނޭވާ ލުމާބެހޭ ނިޒާމަށް ޖެހޭ ބައްޔެކެވެ. ގިނަ ފަހަރު ރޯގާގެ ސަބަބެއްކަމުގައި ވަނީ ނޭވާލުމާބެހޭ ނިޒާމަށް ވައިރަސް އޭކިޔޭ ބާވަތުގެ ޖަރާސީމު ވަނުމެވެ. އިންސާނުންނަށް ޖެހޭބަލިތަކުގެ ދެބައިކުޅަ އެއްބައި އެއީ ރޯގާ އެވެ.

ރޯގާ އިން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް

  • - ސައިބޯނި ލައިގެން އަތް ދޮވުން
  • - އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގިނައިން ދިޔާ ތަކެތި ބުއިން
  • - ހުންއައިސް ގައިގަ ރިއްސާ ނަމަ ޕެރެސެޓްމޯލް ނޫން އެހެން ބޭހެއް ބޭނުން ނުކުރުން
  • - އަރިދަފުސް ރޯގާ ޖެހި ތިން ދުވަހަށް ވުރެ ގިނަ ވާނަމަ ޑޮކްޓަރަށް ދެއްކުން
  • - ބަލިވެގެން ޑޮކްޓަރަށް ދައްކާ ނަމަ ބަލިމީހާއާ އެކު ވީހާ ވެސް މަދު މީހުން ހޮސްޕިޓަލަށް ދިއުން
  • - ކެއްސާއިރު އަނގަ އާއި ނޭފަތް ނިވާކޮށްގެން ކެއްސުން

އަރިދަފުސް ރޯގާ މުޅިން ރަގަޅު ކުރެވޭ ހަގީގީ ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. މިއީ ޑޮކްޓަރަށް ދެއްކުމާ ނުލައި ގޭގައި ވެސް އަމިއްލައަށް ފަރުވާ ކުރެވިދާނެ ބައްޔެކެވެ. ޑޮކްޓަރަށް ދެއްކުމުން ވެސް ގިނަ ފަހަރު ލިޔެދެވޭ ބޭސްތަކަކީ ބައްޔާއި ގުޅިގެން ކުރިމަތިވާ އުނދަގޫތައް ކުޑަކުރުމަށް ދެވޭ ބޭސް ތަކެކެވެ. އަރިދަފުސް ރޯގާ ޖެހުމުން ފަރުވާގެ ގޮތުގައި އިރުޝާދު ދެވޭ ކަންތައްތަކުގެ ތެރޭގައި އަރާމް ކުރުން، ގިނައިން ދިޔާތަކެތި ބުއިން، އާވިއެރުވުން، އަދި ކަރުތެރެ ދޮވުން ފަދަ ކަންތައްތައް ހިމެނެ އެވެ. މީގެ އިތުރުން ބައްޔާއި ގުޅިގެން ކުރިމަތިވާ ގައިގައި ރިހުން، ހުންއައުން ފަދަ ކަންތައްތަކަށް ފަރުވާއެއްގެ ގޮތުގަައި ޕެނަޑޯލް އަދި ބުރޫފަން ފަދަ ބޭސްތައް ޑޮކްޓަރުން ލިޔެދީ އުޅެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް