ads
އިސްލާމިކު ޔުނިވަސިޓީ: ފޮޓޯ/އިސްލާމިކު ޔުނިވަސިޓީ ފޭސްބުކުޕޭޖު
ކީރިތި ގުރުއާން އުގަންނައި ދިނުމުގެ ޚަލަގާތަކެއް ކުރިޔަށް ގެންދަނީ
އައި.ޔޫ.އެމް (އިސްލާމިކު ޔުނިވަސިޓީ) އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކީރިތި ގުރުއާން އުގަންނައި ދިނުމުގެ ޚަލަގާތަކެއް ކުރިޔަށް ގެންދަން ނިންމައިފިއެވެ.
Advertisement

އައި.ޔޫ.އެމް އާއި ކުއްލިއްޔާ އޮފް ގުރުއާން އެންޑް ސުންނާއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މިރަމަޟާން މަހު މާލެ ހުޅުމާލެ ވިލިމާލެ ހިމެނޭ ގޮތުން 11 މިސްކިތެއްގައި ކީރިތި ގުރުއާން އުގަންނައި ދިނުމުގެ ޚަލަގާތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެ ގޮތުން ކޮންމެ މިސްކިތެއްގައިވެސް އަސްރު ނަމާދަށް ފަހު ހަފްތާ އަކު ހަަތަރު ދުވަހު ކީރިތި ގުރުއާން ތަޖްވީދު މަގަށް ކިޔަވަން ބޭނުންވާ ފަރާތް ތަކަށް ގާރިއަކާއި އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ތަނަވަސް ވެގެން ދާނެއެވެ. 

މި ޚަލަގާ ތަކުގައި ކިޔަވައިދެއްވާނީ ރާއްޖޭގެ ފުންނާބުއުސް ގާރީން ކަމުގައިވާ މުހައްމަދު ތައުފީގު އަލީ، މުހައްމަދު ރިޔާޒު މުހައްމަދު ނައީމް އަހުމަދު ފިކުރީ، އަބްދުލް ވާހިދު ޢަބްދުﷲ، އިބްރާހިމް ރަމްޒީ، އިބްރާހިމް ޝިފާއު، މުހައްމަދު އަސްލަމް، އިބްރާހިމް ޒުހައިރު، މުހައްމަދު ޝިނާން މުނީރު، މުހައްމަދު ވަހީދު އަދި އިބްރާހިމް ޝަރީފް އެވެ. 

އަދި މި ބޭފުޅުން ކިޔަވައި ދެއްވާނެ މިސްކިތްތަކާއި ގަޑިތައް އައި.ޔޫ.އެމް ގެ ރަސްމީ ފޭސްބުކް ޕޭޖު އިން ލިބިވަޑައިގަންނަވާނެ ކަމަށްވެސް އިސްލާމިކް ޔުނިވަސިޓީން ބުނެއެވެ.

މި ޚަލަގާތައް ކުރިޔަށްދާނީ ކޮންމެ ހަފްތާއަކު އާދީއްތަ، ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގެ އަސުރު ނަމާދަށްފަހު އެ ދުވަހަށް ހާއްސަ ގާރީއަކަށް ކަނޑައަޅުއްވާފައިވާ މިސްކިތެއްގައި ކަމަށް އެ ޔުނިވަސިޓީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް