ads
މާފަންނުގައި ހުޅުވި މިސްކިތުގައި ހުކުރު ނަމާދު ކުރަނީ
އަމިއްލަ ފަރާތެއްގެ ހިލޭ އެހީއާއިއެކު މާފަންނުގައި އާ މިސްކިތެއް ހުޅުވައިފި
އަމިއްލަ ފަރާތެއްގެ ހިލޭ އެހީއާއިއެކު މާފަންނުގައި އިމާރާތްކޮށްފައިވާ އާ މިސްކިތް ހުޅުވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކުރިން އެތަނުގައި ހުރި މިސްކިތުގެ ބަދަލުގައި އަލަށް އިމާރާތްކުރި މި މިސްކިތުގައި 1000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ކަމަށެވެ. ދެ ފަންގިފިލާއަށް ހަދާފައިވާ އެ މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމުވެސްވަނީ ހަމަޖެހިފައެވެ.

މިސްކިތުގެ ނަމާދުކުރާ ބައިގެ ބޮޑުމިނުގައި 6000 އަކަފޫޓު، ހަރިންމައިގެ ބޮޑުމިނުގައި 5687 އަކަފޫޓު ހުންނަ މި މިސްކިތް އިމާރާތްކުރަން ފަށާފައިވަނީ 2019ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. މިސްކިތް ހުޅުވާފައިވަނީ އިއްޔެ އެވެ.

މިނިސްޓްރީން ބުނީ އެއީ އަމިއްލަ ފަރާތެއްގެ ހިލޭ އެހީއާއިއެކު އިމާރާތްކޮށްފައިވާާ މިސްކިތެއް ކަމަށެވެ. ނަމަވެސް އޭނާގެ މައުލޫމާތެއް މިނިސްޓްރީން ނުދެއެވެ. ހުކުރު ނަމާދަށް އިއްޔެ އެ މިސްކިތް ހުޅުވިއިރު، ހުކުރު ނަމާދުގެ އީމާމަކަށް ހުންނެވީ އިސްލާމިކް މިނިސްްޓްރީގެ ސްޓޭޓް ޝައިހް މުހައްމަދު އަނީލް އެވެ. 

މާލެ ސަރަހައްދުގައި މިހާރު ވެސް 40 އެއްހާ މިސްކިތް ހުރެ އެވެ.


0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް