ޝިދާތާ އިސްތިއުފާ ނުދީފިނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނަން: އެމްޑީޕީ މެމްބަރުން
Share
ޝިދާތާ އިސްތިއުފާ ނުދީފިނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން ވިދާޅުވެއްޖެ އެވެ.
Advertisement

މެމްބަރުން މިފަދައިން ގޮވާލާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް އެނގިތިބެ، 19 އަހަރުގެ ޒުވާނެއްގެ ބެލެނިވެރިކަން ފެމިލީ ކޯޓުން ނުދިނުމުން ވެސް އެ ޒުވާނާ ހިޝާންގެ ބެލުމުގެ ދަށުގައި ގެންގުޅުނު އިރު އެކަމުގައި އިހުމާލް ވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލައި މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަކާއި ގުޅިގެންނެވެ. 

އެ  މައްސަލައިގައި ވާހަކަ ދައްކަވަމުން އެމްޑިޕީގެ މެމްބަރުން ވިދާޅުވެފައިވަނީ، ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކުގައި ވެސް މިނިސްޓަރު ޝިދާތާ އިހުމާލުވެފައިވާކަމަށެވެ. އަދި އިހުމާލު ސަރުކާރުގެ އިދާރާ ތަކުގައި އޮތް އިރު، ޖެންޑާ މިނިސްޓްރީގެ އިހުމާލު ބޮޑުކޮށް އެބައޮތް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

އަދި މެމްބަރުން ވަނީ މިނިސްޓަރު ޝިދާތާ އަމިއްލަ އަށް އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. އަދި އިސްތިއުފާ ނުދެއްވައިފި ނަމަ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓު ނަގާ މަގާމުން ވަކި ކުރާނެ ކަމަށްވެސް އެމްޑީޕީގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ. 

މެމްބަރުން އިތުބާރު ނެތްކަމުގެ ވޯޓުގެ ވާހަކަ ދައްކަވަން ފެށުމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ބާރު އޮތީ މެމްބަރުންގެ އަތުގައި ކަމަށެވެ.

80%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް