ads
ރާއްޖެއަށް އައި ފަތުރުވެރިންތަކެއް -- ފޮޓޯ: ހުރިހާ
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް: ރަޝިއާ ފަހަތަށް، ޔޫކޭ އެއްވަނައަށް!
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ރަޝިއާ ފަހަތަށް ޖައްސާލުމަށްހު، އެއްވަނައަށް ޔޫކޭ އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ޓޫރިޒަމް މިނިސްޓަރު ހާޒިރުވެވަޑައިގަންނަވައި ވާހަކަދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައަށް 12.0 އިންސައްތައާއެކު މިއަދު ޔޫކޭ ޖެހިލާފައިވާ ކަމަށެވެ. 

މިގޮތުން އެއްވަނައިގައި ކުރިން އޮތް ރަޝިއާ ދެވަނައިގައި އޮތީ 11.9 އިންސައްތައާއެކު ކަމަށާއި، ތިންވަނައިގައި އިންޑިއާ އޮތީ 10.9 އިންސައްތައާއެކު ކަމަށްވެސް ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. 

ތަފާސް ހިސާބްތައް ދައްކާގޮތުން މި އަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 427،677 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، އޭގެ ތެރެއިން 131،764 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޖެނުއަރީ މަހު ކަމަށް ޓޫރިޒަމް އިން ބުނެއެވެ. އަދި ފެބްރުއަރީ މަހު 149،008 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މާޗު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 146،905 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

ރާއްޖެއަށް މިހާރު 27 އިންޓަނޭޝަނަލް ފްލައިޓެއް ދަތުރު ކުރަމުން އަންނައިރު، މި އަހަރު ނިމުމުގެ ކުރިން ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެގޮތުން މި އަމާޒަށް ވާސިލު ވެވޭނެކަމުގެ އުންމީދު އޮތްކަން ޓޫރިޒަމް މިނިސްޓަރު މައުސޫމްވެސް ވަނީ ހާމަކުރައްވާފައެވެ. 

މިދިޔަ އަހަރު ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމްއިން ކަނޑައެޅި އަމާޒަށް ވާސިލުވެފައިވާއިރު، އަހަރު ނިންމާލާފައިވަނީ 1.32 މިލިއަން ފަތުރުވެރިންނާއެކުގައި ކަން ފާހަގަ ކޮށްލެވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް