އެހެންނަމަވެސް އެފަދަ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާ އިން ހިންގަމުންދާ ހަނގުރާމަ ހުއްޓޭތަނެއް ނުފެނެއެވެ. ރަޝިއާއިން ފެންނަނީ އެމީހުންގެ ހަނަގުރާމަ ވަރުގަދަ ކޮށް ކުރިއަށް ގެންދާ ތަނެވެ.
ވޭތުވެދިޔަ ހަފްތާގެ ފަހުކޮޅު ވަނީ ބޮޑެތި ހަމަލާތަކެއް ޔޫކްރެއިންގެ ބުޗާ އަށް ދީ ގިނަ ބަޔަކު މަރާލާފައެވެ. އަދި ބޮޑެތި އަނިޔާތަކެއް ވަނީ ދީފައެވެ.
މިކަންކަން ފެންނަމުންދަނީ ރަޝިއާ ސިފައިން ކިއޭވްއިން ފައިބަން ފެށުމުންނެވެ.
ބުޗާއަށް ދިން ހަމަލަތަކާ ގުޅިގެންވެސް ވަނީ ތަފާތު އިތުރު ފިޔަވަޅުތަކެއް ރަޝިޔާއާ ދެކޮޅަށް އަޅާފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އަކީ ގާތިލެއްކަމަށާއި ހަނގުރާމައިގެ މުޖުރިމެއް ކަމަށެވެ. އަދި އެކަމާގުޅިގެން އޭނާ އާމެދު ޝަރީއަތް ކުރެވެން ޖެހޭނެ ކަމަށް ރައީސް ބައިޑެން ވިދާޅުވިއެވެ.