ads
ކޮންގްރެސްގެ ރައީސް ނެންސީ ޕެލޯޒީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ބަޔާނުގެ ކޮޕީއެއް ވީދާލައްވަނީ--
ޓްރަމްޕްގެ ރިޔާސީ ބަޔާނުގެ ސްޕީޗް ވީދާލައްވައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ބަޔާނަށް ތައްޔާރު ކުރެއްވި ސްޕީޗް، ކޮންގްރެސްގެ ރައީސް ނެންސީ ޕެލޯޒީ ވީދާލައްވައިފި އެވެ.

ސްޓޭޓް އޮފް ދަ ޔޫނިއަން އެޑްރެސް ނުވަތަ ރިޔާސީ ބަޔާން ކޮންގްރެސްގައި އިއްވަވަމުން ޓްރަމްޕް ވަނީ އިތުރު ދައުރަކަށް އެމަނިކުފާނު އިންތިހާބު ކުރަން ޖެހޭ ސަބަބުތައް ބަޔާންކޮށްދެއްވާފަ އެވެ. 

ރިޔާސީ ބަޔާން އިއްވެވިއިރު، އިދިކޮޅު ޑިމޮކްރެޓުން ކޮންޓްރޯލް ކުރާ ކޮންގްރެސް އިން މިދިޔަ ޑިސެމްބަރު މަހު ވަނީ ޓްރަމްޕް މަގާމުން ވަކި ކުރެއްވުމަށް ނިންމަވާފަ އެވެ. 

ނަމަވެސް ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ޓްރަމްޕް މަގާމުގައި ބެހެއްޓެވުމަށް އެ ޕާޓީން ކޮންޓްރޯލް ކުރާ ގާނޫނު ހަދާ މަތިގެ، ސެނެޓުން މިއަދު ނިންމާނެ ކަމަށް ބެލެވެ އެވެ. 

ކޮންގްރެސްގައި ރިޔާސީ ބަޔާން އިއްވަވަމުން ދިޔައިރު، ރިޕަބްލިކަން މެމްބަރުން ވަނީ އިތުރު ހަތަރު އަހަރު ޓްރަމްޕް މަގާމުގައި ބެހެއްޓުމަށް ޝުއޫރު ފާޅުކޮށްފަ އެވެ. 

އަދި ޑިމޮކްރެޓް ޕާޓީއަށް ނިސްބަތްވާ ކޮންގްރެސްގެ ރައީސް ޕެލޯޒީ ވަނީ ޓްރަމްޕްގެ ފަހަތުގައި ހުންނަވައިގެން ސްޕީޗްގެ ކޮޕީއެއް ވީދާލައްވާފަ އެވެ. އެ މަންޒަރު ވަގުތުން ޓީވީން ފެނިގެން ދިޔަ އެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް