ads
ޝިދާތާ މަގާމުގައި ބަހައްޓަން ނުފެންނަކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމައިފި
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުގައި ބަހައްޓަން ނުފެންނަކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕީޖީ ގްރޫޕުން ނިންމައިފި އެވެ.
Advertisement

އެމްޑިޕީން ބުނެފައިވަނީ، އެޕާޓީގެ ޕީޖީ ގްރޫޕުގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންނަށް މިނިސްޓަރު ޝިދާތާ މަގާމުގައި ބަހައްޓަން ނުފެންނަކަމަށް ފާސްކޮށްފައިވާކަމަށެވެ. އަދި އެގޮތަށް ފާސްކޮށްފައިވަނީ އެ ބައްދަލުގައި ބައިވެރިވި 45 މެމްބަރުންގެ އިއްތިފާގުންކަމަށް ވެސް އެމްޑީޕީން މައުލޫމާތު ދީފައިވެއެވެ. 

މިނިސްޓަރު ޝިދާތާގެ އިތުބާރު ނެތްކަމަށް އަދި އެކަމަނާ މަގާމުން ދުރުކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައިވާއިރު، މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި އެމްޑިޕީ އަށް ނިސްބަތްވެ ވަޑައިގަންވާ މެމްބަރުން ވަނީ މިނިސްޓަރު ޝިދާތާ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. އަދި މަގާމުން އިސްތިއުފާ ނުދީފި ނަމަ އިތުބާރު ނެތްކަމަށް ވޯޓުނަގާނެ ކަމަށް އެ މެމްބަރުން ބުނެފައިވެ އެވެ. 

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް އެނގިތިބެ، 19 އަހަރުގެ ޒުވާނެއްގެ ބެލެނިވެރިކަން ފެމިލީ ކޯޓުން ނުދިނުމުން ވެސް އެ ޒުވާނާ ހިޝާންގެ ބެލުމުގެ ދަށުގައި ގެންގުޅުނު އިރު އެކަމުގައި އިހުމާލް ވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލައެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް